މާލޭގެ އިމާރާތާކުން ވެއްޓުނު މީހާ ނިޔާވެއްޖެ

2 months ago

އަފްރާހް

މާލޭގެ އިމާރާތާކުން ވެއްޓުނު މީހާ ނިޔާވެއްޖެއެވެ.


އެމީހާ ވެއްޓިފައިވަނީ މިއަދު ހަވީރުއެވެ. އެއީ އަންހެނެކެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މިއަދު މާލޭގައި ގެ އެއްގެ މަތިން ވެއްޓި މީހަކު ނިޔާވި ހާދިސާ އެ ހިދުމަތުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ވެއްޓިފައިވަނީ މ. ހަސޯވާގެ 9 ވަނަ ފަންގިފިލާއިންނެވެ.


މީގެއިތުރުން އެމީހާ ނިޔާވުމުން އާއިލާއަށް ލިބިފައިވާ ހިތާމައިގެ މި ދަނޑިވަޅުގައި، އާއިލާގެ އިހުސާސްތަކަށް އިހުތިރާމުކޮށް، ނިޔާވި މީހާގެ ފޮޓޯ އާއި ހާދިސާގެ މަންޒަރުތައް މީސްމީޑިއާގެ ވަސީލަތްތަކުގައި ދައުރު ނުކުރުމަށް ވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު