އިސްރާއީލުގެ އޮފިޝަލުން އަގްސާ މިސްކިތުގައި ހިންގި ހަމަނުޖެހުން ރާއްޖެއިން ކުށްވެރިކޮށްފި

2 months ago

އަފްރާހް

މަސްޖިދުލްއަޤްޞާ އަށް އިސްރާއީލްގެ އޮފިޝަލުން ވަދެ ހިންގި ހަމަނުޖެހުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ.


ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރިއްވި ބަޔާނެއްގައި ވިދާޅުވީ އިސްރާއީލު ސަރުކާރުގެ އޮފިޝަލުން، ދެ ވަޒީރުންނާއި ނެސެޓްގެ މެންބަރުން ހިމެނޭގޮތަށް، މަސްޖިދުލްއަލްއަޤްޞާއަށް ވަދެ ހިންގި ހަމަނުޖެހުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.


މިއީ މުސްލިމް އުއްމަތުގެ އެންމެ މުޤައްދަސް އެއް ބިނާގެ ހުރުމަތް ކަނޑާލާ، މުސްލިމުންނާ ދެކޮޅަށް ހިންގި އަނިޔާވެރި ޢަމަލެއް ކަމުގައި ދެކޭ ކަަމަށް ވެސް އެ ބަޔާނުގައި ވިދާޅުވިއެވެ. އަދި އިސްރާއީލުން އަލްއަޤްޞާ މިސްކިތަށް ތަކުރާރުކޮށް ވަންނަމުން ދިއުމަކީ މެދުއިރުމަތީ ސަރަޙައްދުގައި ޞުލްޙަ ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެޅިގެންދާ ހުރަހެއްކަމުގައި ދެކި، އެކަމާމެދު ރާއްޖެއިން ކަންބޮޑުވުން ފާޅުކުރާ ކަަމަށް ވެސް ވިދާޅުވެފައި ވެއެވެ.


މީގެއިތުރުން ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ފަލަސްޠީނުގެ ރައްޔިތުންނާ އެކުގައި ކަމާއި، ފަލަސްޠީނުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ސުލްޙަވެރި އަދި ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށް ބައިނަލްއަގްވާމީ މުޖުތަމަޢު ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން އަނެއްކާ ވެސް ވަނީ ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު