އިންޑިއާ އަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް: ރައީސް

2 months ago

އަފްރާހް

އިންޑިއާއަކީ އަބަދު ވެސް ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ އިންޑިއާގެ 78 ވަނަ މިނިވަންދުވަހުގެ ތަހުނިޔާ އެގައުމުގެ ރައީސް ދުރޫޕަދީ މުރުމޫއާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފޮނުއްވި މެސެޖުހގައެވެ.


އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ދެގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުން ބިނާވެފައި ވަނީ އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިތުބާރާއި އިޙްތިރާމުގެ މައްޗަށްކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި މިގުޅުން އިތުރަށް ބަދަހިވެ، އުފެދިގެންދިޔަ މި ގާތް ރަހުމަތްތެރި ގުޅުމަކީ ރާއްޖޭގެ ތަރައްޤގީއާއި ފާގަތިކަމަށް އިތުރު ފަހިކަން ގެނެސްދިން ކަމެއްގެ ގޮތުގައި ވެސް ފާހަގަކުރައްވާފައި ވެއެވެ.


މީގެއިތުރުން ދެގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވެސް ވިދާޅުވެފައި ވެއެވެ.


މި މެސެޖުގައި އެމަނިކުފާނު ވަނީ އިންޑިއާގެ ރައީސާއި ބޮޑުވަޒީރަށް ފުރިހަމަ ސިއްހަތަކަށް އެދިވަޑައިގެން، އިންޑިއާގެ ރައްޔިތުންނަށް އިތުރުކުރިއެރުމާއި ފާހަގަތިކަމަށް އެދިވަޑައިގެންފައެވެ. 


ކިޔުންތެރިންގެ ހިޔާލު