މަގު ބައްތިތައް ސަލާމަތީ މިންގަނޑަށް ފެއްތުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފި

2 months ago

އަފްރާހް

ރަށްރަށުގެ މަގުތަކުގައި ހަރުކޮށްފައިވާ ބައްތިތައް، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫ.އާރު.އޭ) އިން ކަނޑައަޅާފައިވާ މިންގަނޑާއި އެއްގޮތަށް އިސްލާހު ކުރުމަށް ފެނަކައިން ދީފައިވާ މުއްދަތު އިތުރުކޮށްފިއެވެ.


އެގޮތުން އަންނައަހަރުގެ ފެބްރުވަރީ 25 ވަނަ ދުވަހާއި ހަމައަށް އެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ ހާމަކުރައްވާފައެވެ.


އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ވަނީ މުއްދަތު އިތުރުކުރީ، ކައުންސިލްތަކަށް މިހާރު ދީފައިވާ މުއްދަތުގައި އެކަން ކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކޮށްފައިވާތީ ކަމަށެވެ. އަދި މިގޮތަށް ނިންމީ ރައީސް އޮފީހުގެ ލަފާގެމަތިން، ޔޫއާރުއޭ އިން ކުރިން ދީފައިވާ މުއްދަތު އިތުރުކުރުމާއި ގުޅިގެންކަމަށެވެ.


ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، މިގޮތަށް ޢަމަލު ނުކުރާ ރަށްރަށުގެ މަގު ބައްތިތަކުން ކަރަންޓު ކަނޑާލުމަށް ނިންމާފައިވާކަމަށް އަންގާ، ފެނަކައިން މީގެ ކުރިންވެސް ތިން ފަހަރެއްގެ މަތިން ވަނީ ކައުންސިލްތަކަށް މުއްދަތު ވެސް ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު