ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަންވީ ކާޓޫނު މެދުވެރިކޮށް: މެމްބަރު ނަސީރު

2 months ago

އަފްރާހް

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަންވީ ކާޓޫނު މެދުވެރިކޮށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު އަޙުމަދު ނަސީރު ވިދާޅުވެއްޖެއެވެ.


މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ދަނގެތި ދާއިރާގެ މެންބަރު ހުށަހެޅުއްވި، ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ނަސީރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިޝްތިހާރު ކުރުމުގައި މިހާރު ގެންގުޅޭ ވައްޓަފާޅި ބަދަލުކުރަންޖެހޭ ކަމަށެވެ.


"ބައިނަލްއަގުވާމީ ފެއާރތަކަށް ގޮސް ނެށުމަކުން ނުފުދޭ. ޒަމާނާ އެއްގޮތަށް އެބަޖެހޭ ބަދަލުގެންނަން. އެކަމަށް ބޭނުންކުރާ ވަސީލަތްތައް ވެސް ބަދަލު ކުރަންޖެހޭ." ނަސީރު ވިދާޅުވިއެވެ.


މެމްބަރުވަނީ މަޑަގަސްކަރަ މިސާލަކަށް ނަންގަވައި، އެގައުމުގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކާޓޫނު ބޭނުންކުރަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގައި އެކަން އެގޮތަށް ނުކެރެވޭންވީ ސަބަބެއް ނެތް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


މީގެއިތުރުން ކުޑަކުދިންގެ މެދުގައި ރާއްޖެ މަގުބޫލު ވުމަކީ ދިވެހި ފަތުރުވެރިކަމަށް އޭގެ ރަނގަޅު އަސަރުތައް ކުރާނެ ކަމެއްކަމުގައި ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު