ކައިވެންޏާއި އާއިލީ ގުޅުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ފޯރަމްތަކެއް ބާއްވަނީ

2 months ago

އަފްރާހް

ކައިވެންޏާއި އާއިލީ ގުޅުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ފޯރަމްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.


މިއީ އިސްލާމިކް މިނިސްޓްރީން ބާއްވާ ފޯރަމް ތަކެކެވެ. އެ މިނިސްޓްރީން ވިދާޅުވީ މިއީ ކައިވެންޏާއި އާއިލީ ގުޅުންތަކާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުވުމަށް ކުރިއަށްގެންދަން ނިންމި ހަރަކާތެއް ކަމަށެވެ.


ސިލްސިލާ ފޯރަމްތަކެއްގެ ގޮތުގައި ބާއްވާ މި ފޯރަމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ "މަވައްދަތު" ނަމުގައެވެ.


މި ސިލްސިލާގެ ފުރަތަމަ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހަފްތާގެ ހުކުރު ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ.


"ކައިވެނީގެ ކުރިން" މި މައުޟޫއުއަށް ފޯރަމްގައި މައުލޫމާތު ދެއްވާނީ ދީނީ ޢިލްމުވެރިޔާ އަދި އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއެވެ.


ކިޔުންތެރިންގެ ހިޔާލު