މިނިސްޓަރުގެ މަގާމުން ރަމީޒު ވަކިކޮށްފި

2 months ago

އަފްރާހް

ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އާދަމް ރަމީޒު، އެމަގާމުން ވަކިކޮށްފިއެވެ.


މި މަގާމުން އޭނާ ވަކިކުރިއިރު، މިއަހަރުގެ ޖޫން މަހުން ފެށިގެން ރަމީޒު ހުންނެވީ މަގާމުން އެކަހެރިކުރައްވާފައެވެ. އެއީ ސަރުކާރުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ.


ރަމީޒު މަގާމުން ވަކި ކޮށްފައިފައިވާއިރު، އޭނާގެ ކުރީގެ އަނބިކަނބަލުން އަދި އެންވަޔަރަމެންޓު މިނިސްޓަރީގެ ސްޓޭޓު މިނިސްޓަރު ފާތިމަތު ޝަމްނާޒު ރައީސް މުއިއްޒުއާ "ގާތްވުމަށް" ސިހުރު ހެދިކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެ މައްސަލައިގައި ޝަމްނާޒާއި އޭނާގެ ދެ ކޮއްކޮއަކު ހައްޔަރު ވެސް ކުރިއެވެ. އެކަމަކު ހެކި ނެތުމުން ޕީޖީން ވަނީ އެ މީހުންނަށް ދައުވާ ނުކުރަން ނިންމާފައެވެ.


ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން އައިސްފައިވާ އާދަމް ރަމީޒު، މަގާމުން ވަކިކުރި ސީދާ ސަބަބެއް އަދިހާމައެއް ނުކުރައްވައެވެ.



ކިޔުންތެރިންގެ ހިޔާލު