ޓެކްސީތަކަށް ޚާއްސަކޮށް ޕާކިންގ ޒޯނެއް ކަނޑައަޅަނީ

2 months ago

އަފްރާހް

ޓެކްސީތަކަށް ޚާއްސަކޮށް ޕާކިންގ ޒޯނެއް ކަނޑައަޅަން ނިންމައިފިއެވެ.


ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ މިއީ ހަމައެކަނި ޓެކްސީތަކަށް ހާއްސަކޮށް މާލެއާއި ހުޅުމާލޭގައި ކަނޑައަޅާ ޕާކިންގ ޒޯނެއް ކަމަށެވެ. އަދި ކުރިއަށްއޮތް ދެ ހަފުތާ ތެރޭގައި ޕާކިންޒޯންތައް ކަނޑައަޅަން ފަށާނެ ކަމަށެވެ.


މިނިސްޓަރު ވިދާޅުވީ މީގެތެރޭގައި ޓެކްސީތަކަށް ހާއްސަ ޒޯންތައް ހިމެނޭނެ ކަމަށާއި މާލޭގައި ޒޯން ކަނޑައެޅުމަށް ބިމެއް ބަލަމުން އަންނަ ކަމަށެވެ. އަދި ހުޅުމާލޭގައި އެކަމަށް ހާއްސަ ބިމެއް ބަލާފައި ވާކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން މި ޒޯނުގައި ޕާކު ކުރެވޭނީ ހަމައެކަނި ޓެކްސީ ބޯޑު އޮންނަ ފަރާތްތަކަށްކަން ފާހަގަކުރައްވައި، މިނިސްޓަރ އަމީން ވިދާޅުވީ އެތަނަށް ވެސް ގަވާއިދެއް ހަދައި، އިއުލާނު ކުރައްވާނެ ކަމަށެވެ.


މާލެއާއި ހުޅުމާލޭގައި ޕާކިންގ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަނާއި މާލެ ސިޓީ ކައުންސިލާއި ޓްރާންސްޕޯޓް މިނިސްޓްރީއާއި ޕޮލިހުން އަދި ހޯމް މިނިސްޓްރީ ގުޅިގެން އަންނަނީ މަސައްކަތް ތަކެއް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު