4 months ago
ޖަމާއަތްތެރިން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
އެ މިނިސްޓްރީން ވިދާޅުވީ މިއީ މާލޭ ސަރަޙައްދަށް ޢަމާޒުކޮށްގެން 2 ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 1 ވަނަ ދުވަހުން ފެށިގެންނެވެ. ކިޔެވުން ކުރިއަށް ދާނީ ރަސްމީ ކޮންމެ ދުވަހެއްގެ ރޭގަނޑު 8:15 އިން 9:15 އަށެވެ.
މިކަމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން 25 އޮގަސްޓް ވާ އާދީއްތަ ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރީން ގޫގުލް ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހަޅަން ޖެހެއެެވެ.
ބައިވެރިވުމަށް ފުރަން ޖެހޭ ގޫގަލް ފޯމް: https://forms.gle/b4vr8mU6PPs6rGo47