ރީނދޫ ސަމާލުގެ ވަގުތު އަނެއްކާ ވެސް ދަންމާލައިފި

2 months ago

އަފްރާހް

ހއ. އަތޮޅުން ފެށިގެން ކޮޅުމަޑުލަށް ނެރެފައިވާ ރީނދޫ ސަމާލުގެ ވަގުތު ދަންމާލައިފިއެވެ.


މޫސުމާއިބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ އެ ސަރަހައްދަށް ނެރެފައިވާ ރީނދޫ ސަމާލު މިރޭ ދަންވަރު 3 ޖަހަންދެން ދަންމާލާފައިވާ ކަމަށެވެ.


އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 28 މޭލާއި 35 މޭލަށް ވައި ގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.


މީގެއިތުރުން ހަފުތާ ބަންދުގައި ވެސް މޫސުން ގޯސްވާނެ ކަަމަށް އެ އިދާރާ އިން ލަފާކޮށްފައި ވެއެވެ. އަދި މާލެ ސަރަހައްދަށް އެންމެ ބޮޑަށް ވިއްސާރަ ކުރާނީ މާދަމާ ކަމަށް ވެސް މެޓް އޮފީހުން ވިދާޅުވެއެވެ.


ރީނދޫ ސަމާލު:


މި އެލާޓްގެ މުއްދަތުގައި ވައި ބާރުވެ، ބޯކޮށް ވާރޭ ވެހޭނެއެވެ. އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ވައި ބާރުވާނެއެވެ. ވިދާ ގުގުރާ ބޯކޮށް ވާރޭވެހޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު