އައިޖީއެމްއެޗު ކައިރީ ހުރި ފާރެއް ވެއްޓި ވެހިކަލްތަކަަށް ގެއްލުންވެއްޖެ

2 months ago

އަފްރާހް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު) ކައިރީ ހުރި ފާރެއް ވެއްޓި، ވެހިކަލްތަކަަށް ގެއްލުންވެއްޖެއެވެ.


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވުމުގެ ސަބަބުން ވެއްޓިފައިވަނީ އައިޖީއެމްއެޗުގެ އިމަރޖެންސީ ގޭޓު ކައިރީ ހުރި ފާރެކެވެ. ދިރާގުގެ ހެޑް އޮފީސް ފަހަތަށް ވާގޮތަށް ހުރި މި ފާރު ވެއްޓިފައިވަނީ އެތާ ޕާކުކޮށްފައިހުރި ސައިކަލްތަކެއްގެ މައްޗަށެވެ.


އެތަނުގައި ހުރި ގަހަކާ ވެސް އެކުގައި މި ފާރު، ސައިކަލުތަކުގެ މައްޗަށް ވެއްޓުމުގެ ސަބަބުން އެ ސައިކަލްތަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. އެކަމަކު މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް އަދިނުލިބެއެވެ.


ކިޔުންތެރިންގެ ހިޔާލު