ޖަޕާނުގެ ސްކޮލަރޝިޕަކީ ރާއްޖޭގެ ތަރައްގީއަށް ލިބޭ ކުރިއެރުމެއް: ސަފީރު

2 months ago

އަފްރާހް

"ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް "ސްކޮލަރޝިޕްގެ ދަށުން މަތީ ތަޢުލީމު ހާޞިލިކުރުމަށް ލިބޭ މި ފުރުސަތަކީ ރާއްޖޭގެ އިޖުތިމާއީ އަދި އިޤްތިސާދީ ތަރައްޤީއަށް ލިބޭ ކުރިއެރުމެއްކަމަށް ރާއްޖެ އިން ޖަޕާނަށް ކަނޑއަޅުއްވާފައިވާ ސަފީރު، ހާރ އެކްސެލްންސީ، މިޑޯރީ ޓަކޭޗީ ވަނީ ވިދާޅުވެފައެވެ.


ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން (ޖޭއައިސީއޭ) ގެ ފަރާތުން ކުރިއަށް ގެންދާ މި ސްކޮލަރޝިޕް ޕްރޮޖެކްޓްގައި، ވޭތުވެދިޔަ 4 އަހަރު ތެރޭގައި ރާއްޖޭގެ ސަރުކާރަށްހިދުމަތްކުރާ އެތައް ބޭފުޅުންނެއް ބައިވެރިވެފައިވާކަން ސަފީރު ވަނީ ފާހަގަކުރައްވާފައެވެ.


އެކަމަނާ ވިދާޅުވީ މި ސްކޮލަރޝިޕްގެ ދަށުން ކިޔަވާ ދަރިވަރުން، ޖަޕާނުގައި މަތީ ތަޢުލީމު ހާޞިލުކުރުމުގެ އިތުރުން ޢަމަލީގޮތުން ތަމްރީނުވެ، ހިންގުންތެރި ވެރިންނަށް ވެގެންދާނެކަމަށެވެ.


"މި ސްކޮލަޝިޕްގެ ދަށުން މަތީ ތަޢުލީމު ހާޞިލިކުރުމަށް ލިބޭ މި ފުރުސަތަކީ ދިވެހިރާއްޖޭގެ އިޖުތިމާއީ އަދި އިޤްތިސާދީ ތަރައްޤީއަށް ލިބޭ ކުރިއެރުމެއް" ޖަޕާނުގެ ސަފީރު ވިދާޅުވިއެވެ.


ސަފީރުގެ ވާހަކަފުޅު ނިންމާލައްވަމުން ވިދާލުވީ، މިފަދަ އެއްބަސްވުންތަކަކީ ދިވެހިރާއްޖެއާއި ޖަޕާނުގެ ސަރުކާރާއި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާ އެއްބަސްވުންތަކެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު