ސީނުކަރައާއެކު ހެދި ކަރަންސީ ސެޓަލްމެންޓް އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ގިނަ ފައިދާތަކެއް ކުރާނެ: ހީނާ

1 month ago

އަފްރާހް

ޗައިނާއާއެކު ހެދި ކަރަންސީ ސެޓަލްމެންޓް އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ގިނަ ފައިދާތަކެއް ކުރާނެ ކަމުގައުި ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.


ރައީސް އޮފީހުގައި ސެޕްޓެމްބަރ 2024 ސެޕްޓެމްބަރ 16 ގައި ބޭއްވި ނޫސްވެރިންގެ ބައެްދަލުވުމުގައި ހީނާ ވަނީ އެގޮތުން އެ ގައުމަށް ދަތުރުކުރާ ދިވެހިން އެކި ހިދުމަތްތައް ހޯދުމުގައާއި ވިޔަފާރިކުރުމުގައި ވެސް ފައިދާތަކެއްކުރާނެ ކަމަށެވެ.


އެގައުމާ ދެމެދު ރާއްޖެެއިން މިހާރުވެސް 700 މިލިއަން ރުފިޔާގެ ވިޔަފާރި ކުރަމުންދާކަން ފާހަގަކުރައްވައި ހީނާ ވިދާޅުވީ އެހެންނަމަވެސް ރާއްޖެއާއި ޗައިނާއާއި ދެމެދު ކުރެވޭ އެފްޓީއޭއާއި އެކީގައި، ޢަމަލު ކުރަން ފެށުމާއިއެކު މި އަދަދު 1 ބިލިޔަން ޑޮލަރަށް އަރާނެ ކަމަށެވެ.


ޗައިނާއާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މި ހިނގާ ސެޕްޓެމްބަރ މަހު ޢަމަލުކުރަންފަށާނެ ކަމަށް ސަރުކާރުން ވަނީ މީގެކުރިން ވަނީ ވިދާޅުވެފައެވެ. އަދި ދިވެހި ސަރުކާރާއި ޗައިނާގެ ޕީޕަލްސް ބޭންކް، ޕީބީއޯސީއާ ދެމެދު، ކަރަންޓް އެކައުންޓް މުއާމަލާތްތައް ދެ ގައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދިނުމަށް ފަހުމުނާމާއެއްގައި ސޮއިކުރީ މިދިޔަ ހަފްތާގައެވެ.


ސަރުކާރުން ވަނީ މި އެއްބަސްވުމުގެ ދަށުން ދިވެހި ފައިސާގެ އަގު އުފުލި ޒަމާންތަކެއް ވަންދެން އެމެރިކާ ޑޮލަރަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު