ރަށު މާރުކޭޓުން 23 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

21 hours ago

އަފްރާހް

ހުޅުމާލޭ ރަށު މާރުކޭޓުން 23 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.


މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ މިއީ ހުޅުމާލެ ފޭސް 01 ގައި ހުންނަ "ރަށު މާރުކޭޓު" ގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، މަސައްކަތް ކުރަމުންދާ މީހުން ބެލުމަށް އޮކްޓޯބަރ 21 ވަނަ ހާއްސަ ރެއިޑު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އަދި އެ އިދާރާގެ ބެލުމުގެ ދަށަށް އެމީހުން ގެނައީ އެ އޮޕަރޭޝަންގައި ކަމަށެވެ.


އެގޮތުން އެ މާރުކޭޓުގެ 15 ގޮޅިއެއްގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، މަސައްކަތްކުރަމުން ދިޔަ 23 ބިދޭސީން އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ވިދާޅުވިއެވެ.


އޭގެތެރޭގައި ހިމެނެނީ 15 ފިރިހެނުންނާއި 08 އަންހެނުން ކަމަށް ވެސް ވިދާޅުވިއެވެ.


އިމިގްރޭޝަނުން އިތުރަށް ވިދާޅުވީ މި ރެއިޑުގައި އެ އިދާރާގެ 30 އޮފިސަރުންނާއި ފުލުހުންގެ 24 އޮފިސަރުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ އާއި ޓްރޭޑް މިނިސްޓްރީން ވެސް ބައިވެރިވިކަން ފާހަގަކުރައްވައެވެ.


ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދައި، އެމީހުންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ގެންދަވަނީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު