މި ސަރުކާރުން ޒުވާނުންގެ ހައްގުތައް ނިގުޅައިގަނެ ހަނިކުރަމުންގެންދާތީ އަޑުއުފުލަން ޖެހޭ: ޝާހިދު

16 hours ago

އަފްރާހް

މި ސަރުކާރުން ޒުވާނުންގެ ހައްގުތައް ނިގުޅައިގަނެ ހަނިކުރަމުންގެންދާތީ އަޑުއުފުލަން ޖެހޭ ކަމުގައި ކުރީގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ، މީސްމީޑއާ ގައި ކުރެއްވި ޕޯސްޓެއްގައެވެ.


"އެކްސް" ގައި ކުރައްވާފައިވާ ޕޯސްޓުގައި ޝާހިދު ވަނީ 2008 ވަނަ އަހަރު ޢަމަލުކުރަންފެށި ގާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގައި އެމްޑީޕީން އިސްނަގައި، ވަކާލާތުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.


މީގެއިތުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް އިންތިހާބުތަކުގައި ވޯޓު ދިނުމާއި އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގު ލިބުނު ދުވަސް، ޒުވާނުންގެ ދުވަހުގެ ގޮތުގައި ރައީސް ސާލިހު ހަމަޖެއްސެވީ އެމްޑީޕީ އަކީ އަބަދު ވެސް ޒުވާނުންގެ ހައްގުތައް ކަށަވަރުކުރުމުގައި ދެގޮތެއް ނުވެ ދެމި އޮންނަ ޕާޓީއަކަށް ވާތީ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


އެހެންނަމަވެސް ޒުވާނުންގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު, 18 އަހަރު ފުރޭ ޒުވާނުންގެ ހައެްގުތައް މި ސަރުކާރުން ނިގުޅައިގަނެ ހަނިކުރަމުންގެންދާތީ އެކަމާ ދެކޮޅަށް އެންމެހާ ޒުވާނުން ވެސް މިއަދު އަޑުފުލަންޖެހޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.


ޒުވާނުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ އެންމެހާ ޒުވާނުންނަށް އަރިސްކުރައްވަމުން އެމަނިކުފާނު އިތުރަށް ވަނީ ޒުވާނުންގެ ދުވަހު އެންމެހާ ދިވެހި ޒުވާނުން ވެސް ޢަޒުމު އައުކުރަންވީ، ބުރަމަސަތްކަތާއި ގުރުބާނީން ހޯދި ހައްގުތައް ހިފެހެއްޓުމަށް ކަމަށް ވެސް ވިދާޅުވެފައެވެ.


ގައުމީ ފެންވަރުގައި ޒުވާނުންގެ ދުވަހެއް ފާހަގަ ކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ނިމްމެވީ، 19 ޑިސެންބަރު 2019ގައެވެ. އެ ދުވަހު ނިންމެވީ 2020 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރު 22 ގައި ޒުވާނުންގެ ދުވަސް ފާހަގަކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު