ރާއްޖޭގެ ތާރީޚުގައި ގެދޮރުވެރިކަމަށް އެންމެ ބޮޑަށް މަގުފަހިކޮށްދޭނީ އަންނައަހަރުގެ ބަޖެޓު: ރައީސް

1 month ago

އަފްރާހް

އަންނަ އަހަރުގެ ބަޖެޓަކީ ރާއްޖޭގެ ތާރީހުގައި ވެސް ގެދޮރުވެރިކަމަށްޓަކާ އެންމެ ބޮޑަށް މަގުފަހިކޮށްދޭނެ ބަޖެޓު ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ އަލަށް ފަށާ ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގެ ގޮތުގައި އެކަނިވެސް 1.5 ބިލިޔަން ރުފިޔާގެ މަސައްކަތް އަންނަ އަހަރު ހިނގާނެކަން ފާހަގަކުރައްވާފައެވެ.


ދަރުބާރުގޭގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސް ވަނީ ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް އިގްތިސާދު ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ވެސް އަލިއަޅުއްވާލައްވާފައެވެ.


އެގޮތުން ޒުވާނުންނަށް ކްރިއޭޓިވް އިކޮނޮމީއެއް ގާއިމުކޮށްދީ، އެކި ކަހަލަ ފަންނުތައް ވިއްކައިގެން ފުރިހަމަ ޕޭމަންޓް ގޭޓްވޭއެއް ގާއިމުކޮށްދިނުމަށް އެކި ކަހަލަ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން 2030 އާއި ހަމައަށް ދާންވާއިރަށް ރާއްޖޭގެ އިގްތިސާދުގެ ޖީޑީޕީގައި ޑިޖިޓަލް އިކޮނޮމީ ހިއްސާވާ މިންވަރު 15 އިންސައްތަ އަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި ވެސް ވަނީ ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު