14 hours ago
ގައުމު ހަމަމަގަށް އެޅުވުމަށް 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
'އެސްއެސް ޓީވީ' ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ކުރީގެ ހޯމް މިނިސްޓަރު ވިދާޅުވީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށެވެ.
އުމަރު ވިދާޅުވީ މި އިންތިހާބު ކާމިޔާބު ކުރައްވައި، ގައުމު އެއްކޮށް ބަދަލު ކުރައްވާނެ ކަމަށެވެ.
މީގެކުރިން ވެސް ދެ ފަހަރެއްގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާފައިވާ އުމަރު ނަސީރު އެންމެފުރަތަމަ ފަހަރު ވާދަކުރެއްވީ އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ) ގެ ފަރާތުންނެވެ. އެއީ 2008 ވަނަ އަހަރުއެވެ. އަދި އޭނާގެ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވީ އަމިއްލަ ގޮތުންނެވެ.
2028 ވަނަ އަހަރު އަންނައިރު ދިވެހި ރައްޔިތުންނަށް ސިޔާސީ ޕާޓީތަކުގެ ހަގީގީ ސިފަ އެނގިވަޑައިގަންނަވާނެކަން ހާމަކުރައްވައި، އުމަރު ވަނީ ބޭނުންވަނީ އެއްވެސް މީހަކު ވަކި ޕާޓީއެއްގައި ހުރުމަށް ނޫން ކަމަށެވެ. އަދި ސިޔާސީ މައިދާނުގައި މިހާރު މީހުން ބަލަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމަށް ކަމަށެވެ.
މީގެއިތުރުން ރާއްޖޭގައި 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަކީ ރާއްޖެއަށް އިންގިލާބީ ބަދަލެއް އަންނާނެ އިންތިހާބެއް ކަމަށް ވަނީ ވިދާޅުވެފައެވެ.
އުމަރު ވަނީ ރާއްޖެއިން ކޮރަޕްޝަން ނައްތާލައި، އިސްލާމީ ޝަރީއަތުގެ ހުކުމްތައް ކޮރަޕްޝަނާއި މަސްތުވާތަކެއްޗާއި، މީހުން މެރުމާ ދެކޮޅަށް ހުކުމް ތަންފީޒު ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
އަލީ
ޢުމަރަށް ވާނެ...ކެރޭނެ...ކުރާނެ ......އެހިތްވަރު ހުންނާނެ....ސުވާލެއްނެތް.
8 hours ago
ކަބަލުން
އުމަރައް ތިކަންވާނެ
8 hours ago
ފާ
އޭއުމަރާ ތިހެނޔާ މިސަރުކާރުނ އުމަރު ހައޔަރު ކުރެވިދާނެ ގޮތެއހޯދާނެ ކަނނޭގެ
8 hours ago