އަންނައަހަރަށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް

1 month ago

އަފްރާހް

އަންނަ 2025 ވަނަ އަހަރު ދައުލަތުގެ ހިންގުމަށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.


ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ހުށަހެޅުއްވި މި ބަޖެޓަކީ މި އަހަރުގެ ބަޖެޓަށް ވުރެ 1.6 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.


ސަރުކާރުން ލަފާކުރައްވާފައިގޮތުގައި އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެކަަމަށް އަންދާޒާ ކުރައްވާފައިވާއިރު، މިއީ އާމްދަނީގެ ގޮތުގައި ލިބޭ 37.2 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭ 2.6 ބިލިއަން ރުފިޔާއެވެ.


މީގެއިތުރުން އަންނަ އަހަރު ހަރަދުވާނެކަމަށް ލަފާކުރައްވާފައިވަނީ 49.2 ބިލިއަން ރުފިޔާއެވެ. އެއީ ޕީއެސްއައިޕީ އަށް 12.4 ބިލިއަން ރުފިޔާއާއި ކެޕިޓަލް ހަރަދުގެ ގޮތުގައި 13.4 ބިލިއަން ރުފިޔާއާއި ރިކަރަންޓް ހަރަދަށް 35.8 ބިލިއަން ރުފިޔާއެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ އެއް އަހަރު ތެރޭ ގެދޮރުވެރިކަމަށް އެންމެ ބޮޑު ހޭދައެއް ކުރުމަށް ހުށަހެޅި ބަޖެޓު ކަމަށެވެ. އަދިދިވެހި ރައްޔިތުން ގެދޮރުވެރި ކުރުވާނެ ބަޖެޓު ކަމަށެވެ.


ހަމަމިއާއެކު ސިއްހީ ހިދުމަތް ހޯދުމަށް އޮތް ތަކުލީފު ނައްތާލުމަށް ހާއްސަ ފަސް ހޮސްޕިޓަލް ގާއިމުކުރައްވާނެ ކަމަށާއި އޭގެތެރެއިން ކެންސަރު ބަލީގެ ފަރުވާއާއި ބޯންމެރޯ ޓްރާންސްޕްލާންޓް ފަދަ ހާއްސަ ސިއްހީ ހިދުމަތްތައް ރާއްޖެއިން ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު