އިކޮނޮމީ ޕްރޮފައިލް ކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހިފައިވާ މުހިއްމު މަސައްކަތެއް: ސައީދު

1 month ago

އަފްރާހް

އިކޮނޮމީ ޕްރޮފައިލް ކުރުމުގެ މަސައްކަތަކީ ކޮންމެހެންވެސް ކުރަން ޖެހިފައިވާ މުހިއްމު މަސައްކަތެއް ކަމުގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.


މިނިސްޓަރ މިހެން ވިދާޅުވީ "ދިވެހިރާއްޖޭގެ އިޤްތިސާދީ ފުރަމަލަ 2025" އިފްތިތާހުކޮށްދެއްވައި، ވާހަކަ ދައްކަވަމުންނެވެ.


އިކޮނޮމިކް މިނިސްޓަރު ވަނީ މިއީ އިގްތިސާދާއި ގުޅުން ހުރި މުހިންމު މަސައްކަތަކަށް ވުމުގެ ސަބަބުން މި މަސައްކަތް ފަރުވާތެރިކަމާއެކު ނިންމަވައިދިނުމަށް އެދިވަޑައިގެންފައެވެ.


މިއީ ރާއްޖޭގައި ކުރިއަށްގެންދާ އިގްތިސާދީ މަސައްކަތްތަކާއި އެ މަސައްކަތްތައް ކުރާ ފަރާތްތަކުގެ އަދަދުތަކާއި މިންތީގެ ނިސްބަތުގެ މައުލޫމާތު ހޯދައި އެއްކުރުމުގެ މަސައްކަތެވެ.


ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ކުރިއަށް ގެންދާ މި ފުރަމަލައަކީ މުޅިރާއްޖެ ހިމެނޭހެން ގައުމީ މަސައްކަތެއްގެ ގޮތުގައި ގައުމުގެ އިޤްތިސާދީ ފުރަމަލައެއް ގާއިމުކުރުމުގެ މަސައްކަތެވެ.


މި މަސައްކަތުގެ ދަށުން މައުލޫމާތު އެއްކުރުމަށް އެކިއެކި އިދާރާތަކުން އެއްކޮށްފައި ހުރި މައުލޫމާތާއި ބީސީސީގެ ޓީމުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށަކަށް ޒިޔާރަތްކޮށް އެންމެ އަދާހަމަ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.


މިކަމުގެ ޢަމަލީ މަސައްކަތްމި ހިނގާ ނޮވެމްބަރ މަހު ފެށުމަށް ނިންމާފައިވާއިރު، އަންނަ އަހަރުގެ މެދުތެރެއަށް މުޅި ރާއްޖޭގެ ފުރިހަމަ އިގްތިސާދީ ފުރަމަލައެއް އެކުލަވައިލައި އިފްތިތާހުކުރުމަކީ ބީސީސީގެ އަމާޒެކެވެ.


ކިޔުންތެރިންގެ ހިޔާލު