1 month ago
އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ހުރިހާ ހާލަތެއްގައި އާސަންދަ ހިދުމަތް ލިބޭނެ ކަމުގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ވިދާޅުވެއްޖެއެވެ.
އެ ކުންފުނިން މިހެން ވިދާޅުވީ އަމިއްލަ އިންޝުއަރެންސް ސްކީމްތަކަށް އިސްކަންދޭގޮތަށް، އާސަންދަ އައުޓްޕޭޝަންޓް ހިދުމަތަށް ގެނައި ބަދަލާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ސައްހަ ނޫން މައުލޫމާތު ފަތުރަމުންދާތީއެވެ.
އެންސްޕާ އިން ވިދާޅުވީ އަމިއްލަ އިންޝުއަރެންސް ކަވަރޭޖް ނުވަތަ ޚިދުމަތް ނުލިބޭ ހާލަތެއްގައި އާސަންދަ މެދުވެރިކޮށް ބޭސްފަރުވާގެ ހިދުމަތް ލިބޭނެކަމަށެވެ. އަދި އަމިއްލަ އިންޝުއަރެންސް ކުންފުނިތަކުން ކޭޝްލެސް ޕޭމެންޓް ހުއްޓާލައި، އިންޝުއަރެންސް ޕޮލިސީން ކަވަރޭޖް ނުލިބި އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ހުރިހާ ހާލަތެއްގައި ވެސް ކުރިއެކޭ އެއްގޮތަށް އާސަންދަ ލިބޭނެ ކަމަށް ވިދާޅުވެއެވެ.
އަމިއްލަ އިންޝުއަރެންސް ސްކީމަށް އިސްކަން ދޭން ފެށުމުން، އާސަންދަ ނުލިބި ރައްޔިތުން ބޮޑެތި އަދަދުން ޑޮކްޓަރަށް ދައްކަން ފައިސާ ދައްކަންޖެހިފައިވާ ކަމަށް މީސްމީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާލުކުރަމުންނެވެ.
ކޭޝްލެސް ޕޭމެންޓް ނިޒަމާކީ ސިއްހީ ހިދުމަތް ދޭ ފަރާތްތަކުން ދޭ ހިދުމަތަށް ފައިސާ ވަގުތުން ދައްކަން ނުޖެހި އެމުއާމަލާތް ސީދާ ހޮސްޕިޓަލާއި އިންޝުއަރެންސް ކުންފުންޏާ ދެމެދު ކުރެވޭ ނިޒާމެކެވެ. އެ ނިޒާމު ހުއްޓާލުމުން އެފައިސާ ދެއްކުމާއި އަނބުރާ ހޯދުމުގެ މަސައްކަތް ކުރަން ޖެހޭނީ ހިދުމަތް ހޯދާ ފަރާތުންނެވެ.
މި ދަނޑިވަޅުގައި ކަމުގެ ހަގީގަތް އޮޅޭގޮތަށް މައުލޫމާތު ފަތުރަމުންދާތީ، އެކަމާއި ކަންބޮޑުވުން ފާޅުކުރައްވައި، އެންސްޕާ އިން ވަނީ އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ.
ާަަޢަބްދުލް ޙަމީދު ޔޫސުފް
މީހުން ދޮގު އަމިއްލަ އިންސޫރެންސް އޮތަސް އެއަކުން ވެސް ޕޭނުކޮށްދޭތާ އާސަންދައިން ވެސް މިއަދުވެސް ޚިދުމަތެއް ނުލިބުނު މިއަދުވެސް މިކަން ތަޖުރިބާކޮށްފަ މިއަދުވެސް މިއައި މިން ދޮގެއް ނުކުރެވޭނެ އަޅުގަނޑުމެންވެސް މީ ހަމަ ދިވެހި ރައްޔިތުން
1 month ago