1 month ago
ރ. މާކުރަތު ޒުވާނެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ގެއްލިގެން ހޯދަނީ ރ. މާކުރަތު / ތިންތަރި، އަޙްމަދު ޝާހީން ކަމަށެވެ.
އުމުރުން 21 އަހަރުގެ ޝާހީންގެ ޚަބަރެއް އާއިލާއަށް އެންމެ ފަހުން ވެފައިވަނީ ނޮވެމްބަރު 6 ވަނަ ދުވަހު ފޯނުން ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
އަޙްމަދު ޝާހީންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9393351 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ވެސް ވަނީ އެދިލައްވާފައި ވެއެވެ.