ގެއްލިގެން ހޯދަމުންދިޔަ ޝާހީން ފެނިއްޖެ – ހާލު ރަނގަޅު

1 month ago

އަފްރާހް

ގެއްލިގެން ހޯދަމުންދިޔަ ރ. މާކުރަތު / ތިންތަރި، އަޙްމަދު ޝާހީން ފެނިއްޖެއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކުރައްވާފައިވާގޮތުގައި އޭނާ ފެނިފައިވަނީ މާލެއިންނެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތެއް ހިއްސާ ނުކުރައްވައެވެ.


އުމުރުން 21 އަހަރުގެ ޝާހީންގެ ޚަބަރެއް އާއިލާއަށް އެންމެ ފަހުން ވެފައިވަނީ ނޮވެމްބަރު 6 ވަނަ ދުވަހު ފޯނުން ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަަމަށް، ފުލުހުން ކުރިންވަނީ ވިދާޅުވެފައެވެ.


ރާއްޖެއިން މި ފަހަކަށް އައިސް އާއިލާއަށް ޚަބަރު ނުވެ ގިނަވަގުތު ނުވަތަ ގިނަ ދުވަސްވެގެން ފުލުހުންގެ އިދާރާ އަށް ރިޕޯޓުކުރަމުންދާކަން ފާހަގަކުރެވެއެވެ. އަދި އެމީހުން ހޯދުމަށް ފުލުހުން އާންމުކުރާތާ މާގިނަ ވަގުތެއް ނުވެ، ބައެއް މީހުން އަމިއްލައަށް އާއިލާ އާ ހަވާލު ވެސް ވެއެވެ.


ނަމަވެސް މިފަދައިން ގެއްލޭ މީހުން، ގެއްލޭ ސަބަބެއް އަދި ފެނުމުން އެމީހުންގެ އިތުރު އެއްވެސް މައުލޫމާތެއް އެނގޭނެގޮތެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު