ކަރަންޓު ބިލާއި ގުޅިގެން ހުށަހެޅީ 6700 ޝަކުވާ

4 months ago

އަފްރާހް

ކަރަންޓު ބިލާއި ގުޅިގެން ހުށަހެޅި 6700 ޝަކުވާ ކަމުގައި ސްޓެލްކޯ އިން ވިދާޅުވެއްޖެއެވެ.


އެ ކުންފުނިން ވިދާޅުވީ ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި 6,794 ޝަކުވާ ލިބިފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި 659 ފޯނު ކޯލު ހިމެނޭއިރު، އެ ހުރިހައި ފޯނު ކޯލަކަށް ކަމަށް ވެސް ވިދާޅުވިއެވެ.


މީގެއިތުރުން ވައިބަރ، ވަޓްސްއެޕް، ޓެލެގްރާމް، ފޭސްބުކް އަދި ވެބްސައިޓް މެދުވެރިކޮަށް 6,135 ޝަކުވާ ލިބިފައިވާ ކަަމަށް ސްޓެލްކޯ އިން ވިދާޅުވެއެވެ.


އެކުންފުނިން ވިދާޅުވީ ބިލްތަކާއި ގުޅިގެން އެ ކުންފުންޏަށް ޝަކުވާ ހުށަހެޅުމުން، 24 ގަޑިއިރު ތެރޭގައި ޝަކުވާއާއި ގުޅިގެން ޖަވާބު ދިނުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ.


ކަރަންޓު ބިލްތަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާއާއި ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައިއެވެ.


އެގޮތުން އެކުންފުނިން ވަނީ ޝަކުވާތައް ކަސްޓަމަރ ސަރވިސް އެންޑް ބިލްޑިންގގެ ނަމްބަރު 7788438 އަށް ވަޓްސްއެޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ހުށަހެޅުވޭނެ އިންތިޒާމާއި އެކުންފުނީންގެ މީސްމީޑިއާ މަންސަތައް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށް ވެސް ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު