އެއީ މީގެ 20 އަހަރު ކުރިއެވެ. އެކަމަކު އެ މަންޒަރު މިއަދު ވެސް ފެންނަކަހަލައެވެ.

12 hours ago

އަފްރާހް

މީގެ 20 އަހަރުކުރިން 2004 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހަކީ ބިރުވެރި، ހިތާަވެރި ދުވަހެކެވެ. އެ ކާރިސާއަށް 20 އަހަރުފުރުނުއިރު ވެސް އެ މަންޒރުތައް ލޮލުންދެކި، ތަޖުރިބާކުރި ފަރާތްތަކަށް އިހްސާސްވަމުންދަނީ އެއީ އިއްޔެ ހިނގައިދިޔަ ކާރިސާއެއްގެ ގޮތުގައެވެ.


އިންޑޮނޭޝިއާގެ ސުމަޓްރާގެ ކަނޑު އަޑިއަށް އައި ރިކްޓަރ މިންގަނޑުން 9.1 ގެ ބާރުމިނުގައި އައި ބިންހެލުމާއެކު އުފެދުނު ގުޑުންތައް 8 މިނިޓާއި 10 މިނިޓާއި ދެމެދަށް ދެމިގެންދިޔައެވެ. އަދި މިބިން ހެލުމުގައި މުޅި ދުނިޔެ ވެސް ވައިބްރޭޓްވިއެވެ.


ރާއްޖޭގެ ގަޑިން ފަތިހު 5:58 ގައި އައި މި ބިންލެހުމާއެކު މާސިންގާ ބިޔަ ރާޅުތައް އުފެދުނެވެ. އުސްމިނުގައި 50 ފޫޓާއި 160 ފޫޓެވެ. އެއާއެކު މި ބިޔަ، މާސިންގާ ރާޅުތަކުގެ އަސަރު މިކުޑަކުޑަ ރާއްޖެއަށް ވެސް ކުރިއެވެ. ރާއްޖެއަށް ސުނާމީގެ ރާޅުތައް އަރަންފެށީ ހެނދުނު 9:20 ގައެވެ.


އެ ސުނާމީގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 227،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ރާއްޖެއަށް އެރި ބިޔަ ރާޅުތަކުގެ ސަބަބުން އެތައް އާއިލާއެއްގެ ދިރިއުޅުން މުޅިންނެތިފަނާވިއެވެ. އެތައް ދުވަެއްގެ ބުރަ މަސައްކަތުން އިމާރާތްކޮށްފައިވާ ގެދޮރު ނެތިގެންދިޔައެވެ. އާއިލާ އާއި ރައްޓެހި، ރަހްމަތްތެރިން އަދި ދެކިފަރިތަ މީހުންގެ އެތައްބަޔަކު މަރުވިއެެވ. އަދި ވީނުވީއެއް ނޭނގި ގެއްލުނެވެ.


ތަފާސްހިސާބުން ދައްކާގޮތުގައި ދިވެހިންގެ ތެރެއިން 82 މީހަކު ވަނީ ނިޔާވެފައެވެ. އަދި 26 މީހަކު ގެއްލިފައިވާއިރު، 23 ރަށަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އޭގެ ތެރެއިން 4 ރަށެއް އެއްކޮށް ސުންނާފަތިވިއިރު، 15000 މީހުންގެ ގެދޮރުގެއްުނެވެ. 13 ރަށަކުން މީހުން ހުސްކޮށް، އެހެން ރަށްރަށަށް ބަދަލުކުރަން ޖެހުނެވެ.


ރާއްޖޭގައި މީހުން ދިރިއުޅޭ 9 ރަށެއް ފިޔަވައި އެހެން ހުރިހައި ރަށަކަށް ސުނާމީގެ އަސަރު ކުރިއެވެ. އެ ކާރިސާގައި ދިވެހިންނަށް ބޮޑެތި ގެއްލުންތަކެއް ލިބުނުނަމަވެސް ޒަމާނުއްސުރެ ދައްކަމުން އަންނަ ދިވެހީންގެ އެއްބައިވަންތަކަން އެ ދުވަހު ވެސް ވަނީ ދައްކާފައެވެ.


ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމުގެ މަގްސަދަކީ ސުނާމީގައި ގެއްލުނު މީހުންގެ ހަނދާން އައުކުރުމާއި، ދިވެހިންގެ އެއްބައިވަންތަކަން ދެމެހެއްޓުމެވެ.


ކިޔުންތެރިންގެ ހިޔާލު