ފޮނަދޫގައި ހުރި ކުނިގޮނޑެއްގައި ރޯވި އަލިފާން ނިއްވާލައިފި

4 months ago

އަފްރާހް

ހައްދުންމަތީ ފޮނަދޫގައި ހުރި ކުނިގޮނޑެއްގައި ރޯވި އަލިފާން ނިއްވާލައިފިއެވެ.


އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާން ރޯވެފައިވަނީ ހެލްތު ސެންޓަރ ކައިރީ ހުރި ކުނިގޮނޑުގައި ކަމަށެވެ. އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ކުރި މަސައްކަތުން ނިއްވާލާފައިވާ ކަަމަށެވެ.


މި ހާދިސާގެ ރިޕޯޓު ލިބުނީ ޖޫން 13 ވަނަ ދުވަހުގެ ހަވީރު 6:18 ގައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އަދި ކައްދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު ފަޔަރމަނުން ވަނީ ހަރަކާތްތެރިވެފައި ކަމަށް ވެސް ވިދާޅުވިއެވެ.


މިގޮތުން އެސަރަހަށްދަށް ފަޔަރމަނުން ގޮސް ކުރި މަސައްކަތުން، ރޯވެފައި ހުރި އަލިފާން ނިއްވައިލީ 6:55 ހާއިރު ކަމަށާއި އަލިފާން ނިއްވުމުގައި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑްކްއޯޓަރޒްގެ ސިފައިން ވެސް ހަރަކާތްތެރިވެފައިވާ ކަަަމަށް ވިދާޅުވިއެވެ.


އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަަމަށެވެ.


ކިޔުންތެރިންގެ ހިޔާލު