އައު އަހަރަށް ދިރާގުން މަރުހަބާ ކިޔަނީ ހާއްސަ އޮފަރތަކާއެކު

11 hours ago

އަފްރާހް

އައު އަހަރަށް ދިރާގުން މަރުހަބާ ކިޔަނީ ހާއްސަ އޮފަރތަކަކާއެކުގައި ކަމުގައި އެ ކުންފުނިން ހާމަކުރައްވައިފިއެވެ.


ދިރާގުން ހާމަކުރައްވާފައިވާގޮތުގައި މި ފެށޭ 2025 ވަނަ އަހަރުގެ ޗުއްޓީއާ ގުޅުވައިގެން، ކަސްޓަމަރުންނަށް އިތުރު ޑޭޓާ ލިބޭ ފަދަ ހާއްސަ ފަސް އޮފަރއެއް ވަނީ ތައާރަފްކޮށްފައެވެ.


އެގޮތުން ސަޅި ޕްރިޕެއިޑް ޕްރޮމޯގެ ދަށުން ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް 2،025 ރުފިޔާއަށް "ސަޅި 365 ދުވަސް" ނުވަތަ "ސަޅި 180 ދުވަސް" ޕްލޭނަށް ސަބްސްކްރައިބް ކުރެވޭނެ ކަަމަށް ހާމަކުރައްވައެވެ. އަދި ސަޅި 365 ދުވަހުގެ ޕްލޭނަކީ ކަސްޓަމަރުންނަށް ދުވާލަކު އެއް ޖީބީ ލިބޭ ޕްލޭނެއް ކަަމަށް ވިދާޅުވެއެވެ.


އެ ޕްލޭން ހިޔާރުކޮށްގެން 100 ޖީބީގެ ބޯނަސް ޑޭޓާ ލިބޭނެއިރު، "ސަޅި 180" ދުވަހުގެ ޕްލޭނަކީ ކަސްޓަމަރުންނަށް ދުވާލަކު 4ޖީބީ ލިބޭ ގޮތަށް ޖުމުލަ 720 ޖީބީ 180 ދުވަހަށް ލިބޭ ޕްލޭނެއް ކަމަށް އެ ކުންފުނިން ވިދާޅުވެއެެވެ.


މީގެއިތުރުން ޕޯސްޓްޕެއިޑް ޑޭޓާ ބޫސްޓަރ އޮފަރގެ ދަށުން ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލައި ހާއްސަ ޑޭޓާ ބޫސްޓާތަކާ އެކު 25ޖީބީ އާ ހަމައަށް އިތުރު ޑޭޓާ ހިލޭ ލިބޭނެ ކަމަށް ވަނީ ހާމަކުރައްވާފައެވެ.


އެ ކުންފުނިން އިތުރު އޮފަރތަކުގެ ތެރެއިން ސްޓްރީމް 25ޖީބީ އޮފަރގެ ދަށުން ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ސްޓްރީމިންގ އެޑް-އޮން އާއެކު، ސްޓްރީމިންގ ގެ ބޭނުންތަކަށް 25ޖީބީ މޮބައިލް ޑޭޓާ އެންމެ 25 ރުފިޔާއަށް ލިބޭނެއެވެ. މިއީ 24 ގަޑިއިރަށް ލިބޭ ހިދުމަތެކެވެ.


ހަމަމިއާއެކު މަންތުލީ ޑޭޓާ ޑޭޓާ އެޑް-އޮން އޮފަރ އިން ވަކި މަންތުލީ ޑޭޓާ އެޑް-އޮންތަކާ އެކު ކަސްޓަމަރުންނަށް އެއް އަގެއްގައި 25 ޕަސެންޓް އިތުރު ހިލޭ ޑޭޓާ، 30 ދުވަހުގެ މުއްދަތަށް ލިބޭނެއެވެ. އަދި 100ޖީބީ 24 ގަޑިއިރުގެ ޑޭޓާ ޕެކުގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް 100ޖީބީގެ 24 ގަޑިއިރުގެ ޑޭޓާ ޕެކް އެކްޓިވޭޓްކޮށްގެން އިތުރު 25ޖީބީ ޑޭޓާ އަދި ދިރާގު ނަންބަރުތަކަށް ހިލޭ ކޯލްތައް އެއް އަގެއްގައި ލިބޭނެއެވެ.


ދިރާގުން ވިދާޅުވީ މި އޮފަރތައް ޖަނަވަރީ މަހުގެ ނިޔަލަށް ލިބެން ހުންނާނެއެވެ. އަދި އޮފަރތައް ދިރާގު އެޕް މެދުވެރިކޮށް އެކްޓިވޭޓު ކުރެވޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު