ޒާތީ މައްސަލަތައް އެއްފަރާތްކޮށް، ގައުމު އިސްލާހުކުރުމަށް ރައީސް ސާލިހު ގޮވާލައްވައިފި

6 months ago

އަފްރާހް

ޒާތީ މައްސަލަތައް އެއްފަރާތްކޮށް، ގައުމު އިސްލާހުކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ގޮވާލައްވައިފިއެވެ.


އެމަނިކުފާނު މިފަދައިން ގޮވާލެއްވީ އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހާ ގުޅިގެން 'ރާއްޖެ ޓީވީ'ގެ އަރާއިރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.


ރައީސް ސާލިހު ވަނީ އެމަނިކުފާނާއި ދޭތެރޭ ހުރި މައްސަލައެއް ވިޔަސް އެކަން އެއްފަޅީގައި ބާއްވާފައި ގައުމަށާއި އެޕާޓީން ކުރަމުން އަންނަ އިސްލާހީ މަސައްކަތުގައި އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ.


"އަޅުގަނޑުމެން އެ ދުވަހު ފެށި މަސައްކަތް ނިމުމަކަށް ނާދޭ،" ރައީސް ސާލިހު ވިދާޅުވިއެވެ.


މީގެއިތުރުން އެމްޑީޕީ އާ މެދު ރައްޔިތުންގެ އުންމީދެއް އަދިވެސް އޮތްކަން ފާހަގަކުރައްވައި ވިދާޅުވީ އެކުގައި ތިބެވިއްޖެ ނަމަ، ދެން އަންނަ ދައުރެއްގައި ވެރިކަމަށް އާދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.


ރައީސް ސާލިހުގެ މި ބަސްފުޅުތަކަށް ބާރުދެއްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު 'އެކްސް' ގައި ވިދާޅުވީ އެއީ ވަރަށް ބޮޑު ތެދުފުޅެއް ކަމަށެވެ. އަދި އެ ވިދާޅުވި މިސްރާބު އަޅުގަނޑުމެން އެންމެނަށް ވެސް ހޯދޭނެ ކަމުގެ އުންމީދު އެމަނިކުފާނު ވެސް ކުރައްވާ ކަަމަށެވެ.


 


ކިޔުންތެރިންގެ ހިޔާލު