ހައްޖާޖީންނަށް ހާއްސަކޮށްގެން އައިޖީއެމްއެޗުގައި ފްލޫ ކްލިނިކެއް

3 months ago

އަފްރާހް

ހައްޖާޖީންނަށް ހާއްސަކޮށްގެން އައިޖީއެމްއެޗުގައި ފްލޫ ކްލިނިކެއް ގާއިމުކޮށްފިއެވެ.


އެ ހޮސްޕިޓަލުން ވިދާޅުވީ މި ކްލިނިކް ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 8 ން ރޭގަނޑު 8 ޖަހަންދެން ކަމަށެވެ. އަދި އެ ވަގުތުތަކުގައި ޑޮކްޓަރަަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގޭނެ ކަމަށެވެ.


ހައްޖު ކްލިނިކްގެ ޓްރިއޭޖް ކައުންޓަރު ހުންނާނީ އެ ހޮސްޕިޓަލުގެ އެމަޖެންސީ ރޫމް ހުންނަ ފަޅިން ވަދެވޭ ދޮރާށިން ވަންނަ އިރު، ކަމަށާއި ބަލިވެގެން ޑޮކްޓަރަށް ދައްކަން ދާ ފަރާތްތަކުން އެންމެ ފުރަތަމަ ދާން ޖެހޭނީ މި ކައުންޓަރަށް ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.


އައިޖީއެމްއެޗުން ވިދާޅުވީ ފްލޫ ކްލިނިކް ގާއިމްކޮށްފައިވަނީ ލުއިބުއިން ހުންނަ ސަރަހައްދުގައި ބަލި މީހުން ބަލާ 10 ނަންބަރު ކޮންސަލްޓޭޝަން ރޫމުން ކަމަށެވެ.


މި ފްލޫ ކްލިނިކް ގާއިމްކޮށްފައި މިވަނީ ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކޮލް ރާއްޖެ އިން ފެނުމާ ގުޅިގެންނެވެ. މި ބަލި ރާއްޖެއިން ފެނިފައިވަނީ މި އަހަރުގެ ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށްފަހު އެނބުރި އައި ފަރާތެއް އެ ބައްޔަށް ޕޮޒިޓިވް ވުމުންނަމަވެސް އެކަމުގެ ތަފްސީލެއް ކަމާއިބެހޭ އެއްވެސް ފަރާތަކުން ހާމައެއް ނުކުރައްވައެވެ.


މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާ އިންނެވެ. އަދި ބަލި ޖެހިފައިވާ މީހާއާ އެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުއިރު، މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަސްތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު