ޑޮކްޓަރ އަނާން ޝަފީއު އަވަހާރަވެއްޖެ

3 months ago

އަފްރާހް

ޑޮކްޓަރ އަނާން ޝަފީއު އަވަހާރަވެއްޖެއެވެ.


ކެންސަރު ބައްޔަށް ފަރުވާ ދެއްވާ ޑޮކްޓަރު އަނާން އަވަހާރަވީ ސްރީލަންކާގައި ޖޫން 25 ވަނަ ދުވަހު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.


އައިޖީއެމްއެޗުގެ އޮންކޮލޮޖިސްޓް ސެންޓަރުގައި މަސައްކަތް ކުރެއްވި އަނާން އަވަހާރަވި ސަބަަބެއް އަދިއޮޅުން ނުފިލައެވެ.


ޑޮކްޓަރ އަނާންއަކީ މީހުންނާއި ގުޅޭ ހިތްހެޔޮ މީހެެއްކަމުގައި އޭނާގެ ރައްޓެހިންނާއި އެކުގައި މަސައްކަތްކުރި ފަރާތްތައް ބުނެއެވެ.


އެގޮތުން ޑޮކްޓަރެއްގެ އިތުރުން އަބަދު ވެސް ގާތް އެކުވެރިކަމެއް ބާއްވާއިރު، ދިމާވާ އެކި ކަންކަމުގައި ލަފާއާއި އިރުޝާދު ވެސް ދެއްވާކަމަށް އޭނާގެ އެކުވެރިން ފާހަގަކުރެއެވެ.


ޑޮކްޓަރ އަނާންގެ އެކުވެރިން ބުނީ އުމުރުން 28 އަހަރުގެ އަނާންގެ ކުއްލި ވަކިވުމަކީ ވަަރަށްބޮޑު ގެއްލުމެއް ކަމަށާއި ވަކިވެ އެދިޔައީ ގާތް އުޚުތެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު