އަސޭރިއާ ހޯމްސް އެންޑް ޓައުންހައުސަސް މަޝްރޫއުގެ ބިންގާ އަޅައިފި

3 months ago

އަފްރާހް

"އަސޭރިއާ ހޯމްސް އެންޑް ޓައުންހައުސަސް" މަޝްރޫއުގެ ބިންގާ ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އަޅުއްވައިދެއްވައިފިއެވެ. 


މިރަސްމިއްޔާތު ބާއްވާފައިވަނީ ޖޫން 27 ވީ ބްރާސްފަތި ދުވަހުގެ ހަވީރު ހުޅުމާލެ ފޭސް 2ގައެވެ.


ހުޅުމާލޭ ފޭސްދޭއްގައި ނަވާރަހާސް އަކަމީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގައި ހިންގާ މި މަޝްރޫޢުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަވާލުކޮށްފައި ވަނީ ބެޗް ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑާއެވެ.


މި މަޝްރޫޢުގެ ދަށުން ހުޅުމާލޭ ފޭސް 2ގެ އިރުއުތުރު ކަންމަތީގައި ތަރައްޤީކުރާ މި ސަރަހައްދުގައި މަތީ ފަންތީގެ 3 ބާވަތެއްގެ ގެދޮރު ތަރައްޤީކުރެވޭނެއެވެ. އޭގެ ތެރޭގައި ބީޗް ވިލާގެ ގޮތުގައި 37 ޔުނިޓް ގާޑަން ވިލާގެ ގޮތުގައި 14 ޔުނިޓް އަދި އާބަން ވިލާގެ ގޮތުގައި 22 ޔުނިޓް ތަރައްޤީކުރާނެއެވެ.


މަތީފަންތީގެ ޚިދުމަތްތަކާއެކު ގެދޮރު ތަރައްޤީކުރުމުގެ މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 3 އަހަރުގެ މުއްދަތެއްގެ ތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު