މި މަހުގެ 7 ވަނަ ދުވަސް ސަރުކާރު ބަންދު

3 months ago

އަފްރާހް

މި ހިނގާ ޖުލައި މަހުގެ 7 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.


މިގޮތަށް ކަނޑައެޅުއްވިކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދުއެވެ.


މި ދުވަސް ސަރުކާތު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާފައި މިވަނީ ހިޖްރީ އައު އަހަރުގެ ފުރަތަމަ ދުވަސް ކަމުގައިވާ މުޙައްރަމް މަހުގެ 1 ވަނަ ދުވަސް ކަމުގައިވާތީއެވެ.


މި ޖުލައި މަހުގެ 7 ވަނަ ދުވަސް ކުރިންވެސް ކަނޑައެޅިފައިވާ ގޮތަށް ބަންދުވާނެ ކަމަށެވެ.


ހިޖްރީ އައު އަހަރު ފެށޭ ދުވަހަކީ ކުރިން ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ވާ ދުވަހެެކެވެ.


ކިޔުންތެރިންގެ ހިޔާލު