މާލެއަށް ދަތުރުކުރި ދޯންޏެއް ފަރަކަށް އަރައި، ދިޔަވާތީ ކޯސްޓްގާޑުން ހަރަކާތްތެރިވަނީ

3 months ago

އަފްރާހް

މާލެއަށް ދަތުރުކުރި ދޯންޏެއް ދިޔަވާތީ ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.


އެމްއެންޑީއެފް އިން ވިދާޅުވީ މިއީ ށ. ވަނގާރުން ފުރައިގެން މާލެ ދަތުރުކުރި ދޯންޏެއް ކަމަށެވެ. ،އަދި ފަރަށް އަރާފައި، ދިޔަވާތީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.


މި ދޯނީގައި 10 މީހުން ތިބި ކަމަށާއި މިއީ "ނަސްފަރު" ނަމަކަށް ކިޔާ ދޯންޏެއް ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވެއެވެ.


އެމްއެންޑީއެފް އިން ވިދާޅުވީ 75 ފޫޓުގެ "ނަސްފަރު" ދޯނި އަރާފައިވަނީ ރޭ ދަންވަރު ނ. ލޯފަރު ފަރަށް ކަމަށެވެ.


ފަރަށް އެފިފަހުން އެދޯނި ދިޔަވާތީ، އެ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާން ފަށާވައިވަކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު