ފަލަސްތީނުގެ ތާރީހާ ގުޅޭ ފޯރަމެއް މިރޭ

3 months ago

އަފްރާހް

ފަލަސްތީނުގެ ތާރީހާ ގުޅޭ ފޯރަމެއް މިރޭ ބާއްވަން ނިންމައިފިއެވެ.


"ފަލަސްތީނާއި އުއްމަތުގެ އެއްބައިވަންތަކަން" ގެ ނަމުގައި ބާއްވާ މި ފޯރަމަކީ އިސްލާމިކް މިނިސްޓްރީ އާއި އިސްރާ އެސޯސިއޭޝަން ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.


މިރޭ 8:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބާއްވާ މި ފޯރަމްގައި ވާހަކަ ދައްކަން ހަމަޖެހިފައިވަނީ ދީނީ އިލްމުވެރިޔާ ޑރ. އަބްދުއްސައްތާރު އަބްދުއްރަހްމާނާއި ޑރ. އަބްދުލްހައްނާން ވަހީދެވެ.


ފަލަސްތީނުގައި ހާލުޖެހިފައި ތިބި މީހުންނަށް އެހީވުމަށްޓަކައި ސަރުކާރުން އިސްނަގައިގެން އަންނަނީ ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ. އެގޮތުން މި ފަހުން ރައީސް ޑރ. މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ދައުލަތުގެ މީޑިއާއާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް "ފަލަސްތީނާއެކު ދިވެހިން" ގެ ނަމުގައި ކުރިއަށްގެންދިޔަ ޓެލެތޯންއިން ވަނީ 19.1 މިލިއަން ރުފިޔާ ހޯދާފައެވެ.


މީގެއިތުރުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޒަކާތު ފަންޑުން 100،000 ޑޮލަރު ދޭން ނިންމާފައިވާއިރު، ފަލަސްތީނަށް އެހީވާ އދ. ގެ ފަންޑަށް ރާއްޖެއިން ކޮންމެ އަހަރަކު ދޭ އެހީ 5،000 ޑޮލަރުން 50،000 ޑޮލަރަށް ވެސް މިހާރު ވަނީ މަތިކޮށްފައެވެ. 


ކިޔުންތެރިންގެ ހިޔާލު