ސަމިޓް އޮފް ދަ ފިއުޗަރ ޔޫތު އެކްޝަން ޑޭޒްގައި ބައިވެރިވުމުގެ ފުރުސަތު

3 months ago

އަފްރާހް

ފިއުޗަރ ޔޫތު އެކްޝަން ޑޭގެ ސަމިޓުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.


އަންނަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ފާހަގަކުރާ މި ސަމިޓުގައި 10 ޒުވާނުންނަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.


އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ ޒުވާނުންނަށް މި ފުރުސަތު ހުޅުވާލާފައިވާއިރު، މިސަމިޓުގެ ހުރިހާ ހަރަދެއް ކުރުމަށް ހަމަޖެފައިވަނީ އ.ދ. އިންނެވެ. މި ހަރަކާތަކީ ތަފާތު ސްޓޭކްހޯލްޑަރުން އެއްތަނަކަށް ގެނެސް، ރަނގަޅު މުސްތަގުބަލަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމުގެ މަގްސަދުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.


ސެޕްޓެމްބަރު މަހުގެ 20 އަދި 21 ވަނަ ދުވަހު ނިއުޔޯކްގައި ހުންނަ އ.ދ.ގެ މައި މަރުކަޒުގައި ބާއްވާ މި ސަމިޓުގެ މަގްސަދަކީ ސަރުކާރުތަކާއި މަދަނީ ޖަމިއްޔާތަކާއި ވިޔަފާރިތަކާއި ޒުވާނުންނާއި އެނޫން ވެސް ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމެވެ.


މީގެއިތުރުން މުހިންމު ކަންކަމުގައި ހަރުދަނާ ފިޔަވަޅުތަކާއިއެކު، މިހާރު ކުރިއަށްދާ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ސަމިޓަށް ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދައިދިނުމަށް ގަދައަޅާ މަސައްކަތް ކުރުމެވެ.


މި ޔޫތު އެކްޝަން ޑޭއަކީ ޒުވާން ލީޑަރުންގެ ދިރިއުޅުމަށާއި މުސްތަގުބަލަށާއި އަންނަން އޮތް ޖީލުތަކަށް އަސަރުކުރާ ނާޒުކު ކަންކަމުގައި އަޑު އުފުލުމަށްލިބޭ ފުރުސަތެކެވެ.


ބައިވެރިން ހޮވާނީ އ.ދ.ގެ ޔޫތު އޮފީހާއި، ޒުވާނުންގެ ޖަމިއްޔާތަކާއި، ކުރީގެ އެޑްވޮކަސީ ގްރޫޕްތައް ތަމްސީލުކުރާ ކޮމިޓީއަކުންނެވެ.


މި ސަމިޓުގައި ބައިވެރިވުމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު