އަލިފާން ރޯވި ފަންގިފިލާ ބޭނުންނުކުރޭވަރަށް ވަނީ ހަލާކުވެފަ

3 months ago

އަފްރާހް

މ. އެންޒިއަންގޭގެ 3 ވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ފަންގިފިލާގައި ހުރި ގިނަ އަދަދެއްގެ ތަކެއްޗަށް ވަނީ ބޭނުންނުކުރެވޭވަރަށް ގެއްލުން ލިބިފައި ކަަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.


ފުލޫނިޔާ މަގުގައި ހުރި އެންޒިއަންގޭގެ ތިންވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ޖުލައި 4 ވަނަ ދުވަހުއެވެ.


އެމްއެންޑީއެފް އިން ވިދާޅުވެފައިވަނީ މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން 4 މީހަކު ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށެވެ.


<blockquote class="twitter-tweet"><p lang="dv" dir="rtl">މ.އެންޒިއަންގޭގެ 3 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ ހަރަކާތްތެރިވަމުން. މިހާރު އަލިފާން ވަނީ ނިއްވާލާފަ. މި ހާދިސާގައި، ދުމުގެ އަސަރުކޮށްގެން 4 މީހަކު ވަނީ ހޮސްޕިޓަލަށް ގެންދެވިފަ.</p>&mdash; Maldives National Defence Force (@MNDF_Official) <a href="https://twitter.com/MNDF_Official/status/1808800485518028824?ref_src=twsrc%5Etfw">July 4, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> 


މި ހާދިސާގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ހާދިސާގައި އަސަރުކުރި 4 މީހަކަށް ބޯހިޔާވަހިކަން ހަމަޖައްސައިދީފައެވެ.


ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި މި ހާދިސާގައި އަނިޔާވެފައިވަނީ ދެ މީހަކަށެވެ.


ކިޔުންތެރިންގެ ހިޔާލު