ޒުވާނުންގެ އެވޯޑު ބާއްވާ ތާރީހަށް ބަދަލެއް

3 months ago

އަފްރާހް

ޒުވާނުންގެ އެވޯޑު ބާއްވާ ތާރީހަށް ބަދަލު ގެނެސްފިއެވެ.


ޔޫތް މިނިސްޓްރީން ވިދާޅުވީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަންނަ އޮގަސްޓް މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ޒުވާނުންގެ އިނާމު ދިނުމުގެ ޖަލްސާ ނުވަތަ ޒުވާނުންގެ އެވޯޑް ފަސްކޮށްފައިވާ ކަމަށެވެ.


ސަރުކާރުން ގެންގުޅުއްވާ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން މި ޖަލްސާ ފަސްކޮށްފައިވާއިރު، ޖަލްސާ ބާއްވާނެ ތާރީހެއް އަދިހާމައެއް ނުކުރައްވައެވެ.


މި ޖަލްސާ ފަސްކޮށްފައިވާއިރު، މި މަހު ބޭއްވުމަށް ތާވަލުކުރި ކުޅިވަރު އެވޯޑު ހަފްލާ ވެސް މި އަހަރުގެ ފަހުކޮޅަށް ފަސްކުރަން ވަނީ ނިންމާފައެވެ.


ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުރައްވާފައިވާ ޕޯސްޓެއްގައެވެ.


އެމަނިކުފާނު 'އެކްސް' ގައި ވިދާޅުވީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސިޔާސީ މަގާމުތައް މަދުކޮށް، އެކި ހަފްލާތަކަށް ކުރާ ހަރަދުތައް ކުޑަކުރައްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު