ގަވައިދާ ހިލާފަށް ކަންކަން ކުރުމުގެ ޖާގައެއް ދެން ނޯންނާނެ: އަމީން

3 months ago

އަފްރާހް

ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގައި ގަވައިދާ ހިލާފަށް ކަންކަން ކުރުމުގެ ޖާގައެއް ދެން ނޯންނާނެ ކަމުގައި މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވެފައިމިވަނީ އެމްއޭސީއެލް އެމްޑީގެ ކާރު ވަގަށް ނެގި މައްސަލައެއް ފެންމަތިވެފައިވާ ދުވަސްވަރެއްގައެވެ. އަދި އެ ވެހިކަލް ރަޖިސްޓްރީ ކުރުމުގެ ބޮޑު ސްކޭމެއް ދިވެހި ފުލުހުންގެ ހިދުމަތުން މީޑިއާއަށް ތިލަކޮށްފައި ވެސް ވަނިކޮށްނެވެ.


އެ އިދާރާ އިން ހާމަކުރައްވާފައިވާ ގޮތުގައި ވެހިކަލް ވަގަށް ނެގި ގްރޫޕުން ވަނީ އެކެއްގެ ނަމުގައި 100 ވެހިކަލް ރަޖިސްޓްރީ ކޮށްފައެވެ. އަދި ކުރިއަށް އަންނަ އަހަރު އަހަރުތަކުގެ ތާރީހުތައް ޖަހައިގެން ވެހިކަލްތަކެއް ރަޖިސްޓްރީކުރިކަން ވެސް ވަނީ ފަޅާއަރާފައެވެ.


ޓްރާންސްޕޯޓު މިނިސްޓަރ އަމީން ވަނީ އެ މައްސަލަ ތިލަވި ހިސާބުން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ވެބްސައިޓްގެ ބެކްއެންޑުގެ އެކްސެސްތައް ބައެއް މީހުންގެ އަތުން ނަގާފައިވާކަން ފާހަގަ ކުރެއްވިއެވެ.


އެހެންނަމަވެސް އެ މުވައްޒަފުންނަށް އަޅާފައިވާ ފިޔަވަޅުތަކެއް އެމަނިކުފާނު ހާމައެއް ނުކުރައްވައެވެ.


މިނިސްޓަރ އަމީން ވިދާޅުވީ އެ މިނިސްޓްރީ ތެރޭގައި ގަވައިދާ ހިލާފަށް ކަންކަން ކުރުމުގެ ޖާގަ ދެން ނުދެއްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު