ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވޭ

3 months ago

އަފްރާހް

މިއަދުގެ ކުރިއަށް ހުރި ވަގުތުތަކުގައި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާ ކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ.


އެ އިދާރާ އިން މިއަދު އިރުއޮއްސި 6 ޖެހުމާއި ހަމައަށް ނެރުއްވާފައިވާ މޫސުމީ ބުލެޓިން ގައި ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވޮއްސާރަކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ.


މީގެއިތުރުން ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ވައި ޖެހޭއިރު، އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ވަނީ ލަފާކުރައްވާފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ވެސް ލަފާކުރައްވައެވެ.


މޫސުމާއިބެހޭ ގައުމީ އިދާރާ އިން އިތުރަށް ވިދާޅުވީ ކަނޑުތައް އާދައިގެ ގޮތެއްގައި މަޑުވިޔަސް ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި ރާލުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ފަސް ފޫޓާއި ދެމެދުގައި ކަމަށް ވެސް ލަފާކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު