ލޭބަރ ޕާޓީގެ ކާމިޔާބީ ފާހަގަކުރައްވައި، ރައީސްގެ ތަހުނިޔާ އިންތިހާބީ ބޮޑުވަޒީރަށް

3 months ago

އަފްރާހް

އިނގިރޭސިވިލާތުގައި ބޭއްވި ޢާންމު އިންތިޚާބުގައި އެޤައުމުގެ އިންޚާބީ ބޮޑުވަޒީރު ކިއެރ ސްޓާމަރ އަދި ލޭބަރޕާޓީ ހޯދި ކާމިޔާބީ ފާހަގަކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.


މީސްމީޑިއާ މެދުވެރިކުރައްވައި ފޮނުއްވި ޕޯސްޓެއްގައި ވިދާޅުވީ އިނގިރޭސި ވިލާތުގެ އިންޚާބީ ބޮޑުވަޒީރުގެ ލީޑަރޝިޕްގައި އެ ގައުމަށް އިތުރު ކުރިއެރުމާ ފާގަތިކަން ގެނެސްދެއްވާނެކަމުގެ ޔަގީންކަން އެބައޮތްކަމުގައެވެ.


މީގެއިތުރުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި ބައިނަލްއަގްވާމީ ދަތި މައްސަލަތަކަށް ހައްލުގެނައުމުގައި ގުޅިގެން މަސައްކަތްކުރެއްވުމަށް އެދިވަޑައިގަންނަވާކަމުގައި ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.


އިނގިރޭސިވިލާތުގައި 14 އަހަރަށްފަހު ލޭބަރ ޕާޓީއަށް ވެރިކަން ލިބޭނެކަން މިހާރު އެ ގައުމުގައި ކުރިއަށްދާ އިންތިޙާބުގެ އެގްޒިޓް ޕޯލުން ކަށަވަރުވެފައިވާއިރު، ކޮންޒަވޭޓިވް ޕާޓީން އެ ގައިމުގައި ކުރަމުންއައި ވެރިކަން ބަދަލުމިވަނީ އެއްމެ ފަހުން އެ ގައުމުގެ ވެރިކަމަށް އައްޔަނުކުރެވުނު ރިޝީ ސްނަކް އެގައުމުގައި އަރލީ އިންތިހާބެއް ބޭއްވުމަށް ނިންމުމާއި ގުޅިގެންނެވެ.


މިފަހަރުގެ އިންތިހާބުގައި ލޭބަރ ޕާޓީން އިންތިހާބުގެ މައިގަނޑު ޝިއާރަކަށް ބޭނުންކުރަމުންއަންނަނީ "ފޯރ ޗޭންޖް" ސްލޯގަން އެވެ.


ކިޔުންތެރިންގެ ހިޔާލު