އެމްޑީޕީ އަކީ އުރަތްޕެއް ނެތް ފޯސްއެއް: ރައީސް ޔާމީން

3 months ago

އަފްރާހް

ކުރީގެ ރައީސް ޔާމީން، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ، ވާހަކަފުޅު ދައްކަވައިފިއެވެ.


އެނަނިކުފާނު އިސްވެ ހުންނަވައި އުފައްދާފައިވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ބޭއްވި ހަރުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ ވެރިކަމަށް އައުމުގެ ކުރިން ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރަން އެންމެ ބޮޑަށް ވަކާލާތުކުރި އެއް ޕާޓީއަކީ އެއީ ކަމަށެވެ. އެކަމަކު ވެރިކަން ލިބުމުން ރައްޔިތުންނަށް ކަށަވަރުވެގެންދިޔަތަން ނުފެނުނު ކަމަށެވެ.


މީގެއިތުރުން އެމަނިކުފާނު ވަނީ ޑިމޮކްރެޓިކް ހުރިހައި ހައްގުތަކެއްގެ ވާހަކަދައްކަނީ އެމްޑީޕީން ކަމަށާއި އެކަމަކު ވެރިކަން ލިބުނީމަ ބަހާއި ޢަމަލާ ސީދާ ނުވާ ކަމަށެވެ. އަދި މިހާރު އެޕާޓީ އޮތީ އުރަތްޕެއްނެތް ފޯސްއެއް ކަމަށެވެ.


ޕީއެންއެފަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރައީސް ޔާމީން ވަކިވެވަޑައިގެން އެމަނިކުފާނު އިސްވެ އުފެއްދެވި ސިޔާސީ ޕާޓީއެކެވެ. 


ކިޔުންތެރިންގެ ހިޔާލު

އިއްބެ

މަނިކުފާނުގެއުރަތްޕެއްއެބަހުރިތަ ގާތުގައިސަނާކިޔަންތިބިހުރިހައިމީހުބް ހަށިފޮޅާލައިފާއެދިޔައީ އެއްވެސްވަރެއްގެއުރަތްޕެއްނެރުނީމައި

3 months ago