މަރްހޫމް މުޙައްމަދުފުޅުގެ އާއިލާ އަށް ރައީސް ތައުޒިޔާ ފޮނުއްވައިފި

3 months ago

އަފްރާހް

ސަރުކާރަށް ދިގު މުއްދަތެއްވަންދެން ޚިދުމަތްކުރައްވާފައިވާ މ. ކަރާދުނބުރިއާގެ، މުޙައްމަދުފުޅު އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ. މުހައމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.


'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި އަލްމަރުޙޫމް މުޙައްމަދުފުޅަކީ 43 އަހަރަަށްވުރެ ދިގު މުއްދަތަކަށް ސަރުކާރަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ޚިދުމަތުން ރިޓަޔަރކުރެއްވިއިރު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކިއުރިޓީ އޮފިސަރެއްގެ މަގާމުގައިކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.


މީގެއިތުރުން މުޙައްމަދުފުޅު ނިޔާވުމުގެ ހިތާމައިގައި ބައިވެރިވެ، އެ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެ، ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ވަނީ ދުޢާކުރައްވާފައެވެ.


އުމުރުން 80 އަހަރުގައި މުޙައްމަދުފުޅު އަވަހާރަވީ ޖުލައި 5 ވަނަ ދުވަހުއެވެ. އަދި ޖަނާޒާ އޮތީ ރޭ އިޝާ ނަމާދަށްފަހު މަސްޖިދު ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) މިސްކިތުގައެވެ.


ކިޔުންތެރިންގެ ހިޔާލު