ގަވާއިދާ ހިލާފަށް ޓޭކްއަވޭ ކޮފީ ޝޮޕް ހިންގި 8 ބިދޭސީން ހައްޔަރަށް

3 months ago

އަފްރާހް

ގަވާއިދާ ހިލާފަށް ޓޭކްއަވޭ ކޮފީ ޝޮޕް ހިންގި 8 ބިދޭސީން ހައްޔަރުކޮށްފިއެވެ.


މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ އެ މީހުން ހައްޔަރަށް ގެންދިޔައީ އެ އިދާރާއާއި ފުލުހުންނާއި ގުޅިގެން ޖުލައި 5 ވީ ހުކުރު ދުވަހު ހަވީރު ހުޅުމާލޭ ފޭސް އެކެއްގައި ހިންގި ”ޖޮއިންޓް ޓާސްކްފޯސް” އޮޕަރޭޝަނެއްގައި ކަމަށެވެ.


ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް އިމިގްރޭޝަނުން އިސްނަގައިގެން ފުލުހުންގެ ޚިދުމަތާއި ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ދޭތެރެދޭތެރެއިން ގެންދަވައެވެ. މި އޮޕަރޭޝަނަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމާއެކު، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރަމުންދާ މަސައްކަތެކެވެ.


މި އޮޕަރޭޝަނުގައި މާލެ ސަރަހައްދުގައި މާރުކޭޓުގެ ގޮތުގައި ހިންގަމުން އަންނަ 4 ތަނެއް ބަލައި، ފާސްކޮށް 83 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މީގެކުރީން ވަނީ ގެންގޮސް ބަޔާންނަގާފައެވެ.


އެމީހުންގެ ތެރޭގައި ސައްހަ ވިސާއެއް ނެތް މީހުންނާއި މަސައްކަތް ކުރުމަށް ހުއްދަ ހޯދާފައިވާ ތަން ނޫން އެހެން ތަނެއްގައި މަސައްކަތް ކުރަމުންދިޔަ މީހުން ވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު