އީރާންގެ އިންތިހާބީ ރައީސް އަށް، ރައީސް ޑރ. މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެ

3 months ago

އަފްރާހް

އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގައި ބޭއްވި އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން، އެޤައުމުގެ ރައީސްކަމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ޑޮކްޓަރ މަސްއޫދު ޕެޒެޝްކިއާން އަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.


މީސްމީޑިއާ މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓުގައި އީރާނުގެ އިންޚާބީ ރައީސްގެ ލީޑަރޝިޕްގައި ރާއްޖެއާއި އީރާނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި އެކުގައި މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.


އެމަނިކުފާނު ވަނީ އިންތިޚާބީ ރައީސް ޕެޒެޝްކިއާންގެ ދައުރުގައި އީރާނަށާއި އެ ސަރަޙައްދަށް ކުރިއެރުމާއި ތަނަވަސްކަމުގެ އިތުރުން ޞުލްޙަމަސަލަސްކަން ޤާއިމުކުރެއްވުމަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު