ސީއެޗްއެސްއީ ގައި ނަމާދު ކުރަން ހާއްސަ ތަނެއް ހުޅުވައިފި

3 months ago

އަފްރާހް

ސެންޓަރ ފޯ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ގައި ނަމާދު ކުރަން ހާއްސަ ތަނެއް ހުޅުވައިފިއެވެ.


ހުޅުމާލޭގައި ހުންނަ މި ސްކޫލުގައި މިތަން ހުޅުވައިދެއްވާފައިވަނީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ. މިއީ އެއްފަހަރާ 40 ދަރިވަރުންނަށް ނަމާދު ކުރެވޭ ގޮތަށް، ގާއިމުކުރި ތަނެކެވެ.


އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސީއެޗްއެސްއީގައި ހެދި ތަނަކީ ސްކޫލްތަކުގެ ދަރިވަރުންނަށް ނަމާދުކުރުމުގެ ޖާގަ ތަނަވަސްކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެއް ކަމަށެވެ.


މިއީ އިސްލާމިކް މިނިސްޓްރީން ފަންޑުކޮށްގެން ހެދި، ޖާގަ ތަނަވަސް ތަނެއް ކަމަށާއި އެތަނުގައި ވުޟޫކުރުމުގެ އިންތިޒާމް ވެސް ހަމަޖެހިފައި ހުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


ސީއެޗްއެސްއީ އަކީ 1،700 އެއްހާ ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލެކެވެ.


ކިޔުންތެރިންގެ ހިޔާލު