ޕީއެންސީގެ ޖަލްސާއެއް މިރޭ، ރައީސް ބައިވެރިވެވަޑައިގަންނަވާނެ

3 months ago

އަފްރާހް

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފިއެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.


އާޓިފިޝަލް ބީޗް ކުރިމަތީގައި ހުންނަ އެ ޕާޓީގެ ހަރުގެ، ހ. ވެޔޮވިލާގައި މި ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ މިރޭ 8:30 ގައެވެ.


ޕީއެންސީން ބުނީ މި ޖަލްސާގައި މިނިސްޓަރުންނާއި ގިނަ އަދަދެއްގެ މަޖިލިސް މެންބަރުން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ ޕާޓީގެ ހުރިހައި މެމްބަރުނަށާއި ހެޔޮއެދޭ ހުރިހައި ފަރާތްތަކުން ވެސް ބައިވެރިވުމަށް ވަނީ ދައުވަތު އަރުވާފައެވެ.


ޕީއެންސީގެ މައި ހަރުގެ މިދިޔަ ޖޫން މަހުގެ ތެރޭގައި ހުޅުވި ފަހުން ސިލްސިލާކޮށް ޖަލްސާތައް އަންނަނީ ބާއްވަމުންނެވެ. އެ ޕާޓީގެ ހަރުގެ ހަދާފައިވަނީ ދަ ޑިމޮކްރެޓްސް އާއި އެމްޑީޕީގެ ވެސް ހަރުގެ ހިންގި ތަނުގައެވެ. 


ކިޔުންތެރިންގެ ހިޔާލު