ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ކިޔެވުން ނިމިއްޖެ

3 months ago

އަފްރާހް

ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ކިޔެވުން ނިމިއްޖެއެވެ.


ޖޫން 29 ވަނަ ދުވަހު ފެށި މި މުބާރާތުގެ ކިޔެވުން ނިމިފައިވަނީ ޖުލައި 7 ވަނަ ދުވަހުގެ ހަވީރުއެވެ. މިއަހަރުގެ މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ބައިން 579 ދަރިވަރުން އަދި ނުބަލާ ކިޔެވުމުގެ ބައިން 413 ދަރިވަރުން ވަނީ ކިޔަވާފައެވެ. އަދި 119 މުއައްސަސާއަކުން 992 ދަރިވަރުން ވެސް ވަނީ ކިޔަވާފައެވެ.


މިއަހަރުގެ މުބާރާތް އަތޮޅު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށާއި ޤުރްއާން ކުލާސްތަކާއި ހާފިޒުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވައިލިއިރު، މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދިޔައީ ސަލްމާން މިސްކިތުގެ ދެ ހޯލުގައެވެ.


އެގޮތުން ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން އެ މިސްކިތުގެ 4 ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގައި ބޭއްވިއިރު، ނުބަލާ ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށް ގެންދިޔައީ 5 ވަނަ ފަންގިފިލާގެ މަލްޓިޕަރޕޮސް ހޯލުގައެވެ.


މި މުބާރާތުގެ ނަތީޖާފާޅުކުރުމުގެ ހަފުލާ ބޭއްވުމަށް ތާވަލުކޮށްފައިވަނީ މި ޖުލައި މަހުގެ 18 ވަނަ ދުވަހުގެ ރެއެވެ.


ކިޔުންތެރިންގެ ހިޔާލު