ގަވަރުނަރު އަަލީ ހާޝިމް، މާލިއްޔަތު ކޮމެޓީ އަށް ހާޟިރު ކުރަނީ

3 months ago

އަފްރާހް

މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމީޓީ އަށް ހާޟިރުކުރަން ނިންމައިފިއެވެ.


މައުލޫމާތު ލިބިފައިވާގޮތުގައި އެމަނިކުފާނު މާލިއްޔަތު ކޮމެޓީ އަށް ހާޟިރުކުރަނީ ޖުލައި 8 ވަނަ ދުވަހުގެ މެންދުރު 11 ޖަހާއިރަށެވެ.


އެމަނިކުފާނާއެކު ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު އަދި އެސިސްޓެންޓް ގަވަރުނަރު އިދުހާމް ހުސެއިން ވެސް އެ ކޮމިޓީއަށް ހާޟިރުކުރުމަށް ނިންމާފައިވާކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.


ގަވަރުނަރު އަލީ ހާޝިމް މިވަގުތު ހުންނެވީ ޗުއްޓީގައެވެ.


އެ ތިން ބޭފުޅުން މާލިއްޔަތު ކޮމެޓީ އަށް ހާޟިރުކުރުމަށް ނިންމާފައިވާއިރު، ރާއްޖޭގެ އިގްތިސާދީ ހާލަތު ނާޒުކު ފައްތަރެއްގައި އޮތްކަމަށް ސަރުކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި އިގްތިސާދީ ހާލަތު ވެއްޓުނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ގެންގުޅުނު ދޯހަޅި އިގްތިސާދީ ސިޔާސަތްތަކުގެ ސަބަބުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ވިދާޅުވެފައެވެ.


އެކޮމެޓީން ވަނީ އެމްއެމްއޭގެ ގަވަރުނަރު ކަމުގެ މަގާމުން އަލީ ހާޝިމް ވަކިކުރުމަށް ވެސް ނިންމާފައެވެ.


ދިއްގަރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވީ ގަވަރުނަރު މަގާމުން ވަކިކުރުމަށް ނިންމީ ގަވަރުނަރުގެ މަގާމުގެ ޒިންމާ އަދާނުކުރައްވާކަމަށް ފެންނާތީ ކަމަށެވެ. މިގޮތުން އެމްއެމްއޭގެ ގާނޫނުގައި ބަޔާންކޮށްފައިވާ ޒިންމާތައް ގަވަރުނަރުގެ ހައިސިއްޔަތުން އަދާކުރެވިފައިނެތް ކަމަށާއި މަނިޓަރީ ޕޮލިސީ ވެސް އެކަށީގެންވާ ގޮތެއްގައި ހިންގެވިފައި ނެތްކަމަށް ވަނީ ވިދާޅުވެފައެވެ.


ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މާލީ ވަޒީރުކަން ވެސް ކުރައްވާފައިވާ އަލީ ހާޝިމް ގަވަރުނަރުގެ މަގާމަށް


ކިޔުންތެރިންގެ ހިޔާލު