ރައީސްގެ ބައެއް ދަތުރުފުޅުތައް މަޑުޖައްސާލަނީ

3 months ago

އަފްރާހް

ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ބައެއް ދަތުރުފުޅުތަކާއި ބައްދަލުކުރެއްވުންތައް މަޑުޖައްސާލައްވަން ނިންމަވައިފިއެވެ.


ދައުލަތުގެ ހަރަދުތައް ކުޑަކުރެއްވުމުގެގޮތުން މަޑުޖައްސާލަން ނިންމަވާފައިވަނީ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އަތޮޅުތަކަށް ފެށްޓެވި ދަތުރުފުޅުތަކެވެ. 


ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިއީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން ނިންމެވި، ނިންމެވުމެއް ކަމަށެވެ.


އެމަނކިފާނު ވަނީ ދެ މަހެއްހައި ދުވަސް ފަހުން ދަތުރުތައް އަލުން ފަށްޓަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.


މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހައި ރަށަކަށް ޒިޔާރަތްކުރެއްވުމުގެ އަމާޒު ފެއްޓެވި ދަތުރުފުޅުތަކުގައި ސަރުކާރާ ހަވާލުވެވަޑައިގެން ފުރަތަމަ 6 މަސްތެރޭގައި ވަނީ ހަތްދިހައެއްހާ ރަށަށް ވަޑައިގެންފައެވެ. އަދި 150 އަށްވުރެ ގިނަ ކައުންސިލާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ.


މީގެއިތުރުން އެމަނިކުފާނުގެ ރިޔާސީ ދައުރު ނިމުމުގެކުރީން ރާއްޖޭގައި މީހުން ދިރުއިޅޭ ކޮންމެ ރަށަކަށް ދެ ފަހަރު ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.


ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވައުދުފުޅުތައް ހަނދާން އެބަހުރި ކަަމަަށާއި މިވަގުތަށް ދަތުރުތައް މަޑުޖައްސާލަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު