ދިވެހި ބަސް ދެމިއޮތުމުގައި އެންމެމުހިންމު ދައުރެއް އަދާކުރަނީ ލިޔުންތެރިން: ރައީސް

3 months ago

އަފްރާހް

ދިވެހި ބަސް ދެމިއޮތުމުގައި އެންމެމުހިންމު ދައުރެއް އަދާކުރަނީ ލިޔުންތެރިން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ލިޔުންތެރިންގެ ދުވަހާއި ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.


އެ ޕޯސްޓުގައި ރައީސް ވިދާޅުވީ ދިވެހިބަސް ދެމިއޮތުމާއި ކުރިއެރުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރަނީ ލިޔުންތެރިންކަމަށެވެ.


ލިޔުންތެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކުވ ވެސް ރާއްޖޭގައި ފާހަގަކުރަނީ ޖުލައި މަހުގެ 8 ވަނަ ދުވަހެވެ. އެއީ ރާއްޖޭގައި ޗާޕުކޮށްގެން އެންމެ ފުރަތަމަ މަޖައްލާއެއް ނެރުނު ދުވަހަކީ މިއީ ކަމަށްވާތީއެވެ.


"އަލްއިޞްލާޙް" ގެ ނަމުގައި ނުކުތް މަޖައްލާގެ ފުރަތަމަ އަދަދު ނެރުނީ 1933 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ.


މި މަޖައްލާ ނެރެން ފަށާފައިވަނީ 22 ޑިސެމްބަރު 1932 ގައި ތަންފީޒުކުރަން ފެށުނު ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީން ލިބުނު މިނިވަންކަމުގެ ތެރެއިންނެވެ.


މިއަހަރުގެ ލިޔުންތެރިންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ދިވެހިބަހުގެ އެކެޑަމީން ކަނޑައަޅުއްވާފައިވަނީ "ތަހުޒީބު މުޖުތަމަޢެއް ދެމެހެއްޓުމަށްޓަކައި ލިޔުންތެރިންގެ ދައުރު މުހިންމު" އެވެ.


ކިޔުންތެރިންގެ ހިޔާލު