އާރްވައިޕީސީއޭ އަށް ކުރިމަތިލުމަށް ހުޅުވާލައިފި

3 months ago

އަފްރާހް

ރީޖަނަލް ޔޫތު ޕާލަމެންޓް އޮން ކްލައިމެޓް އެކްޝަން (އާރްވައިޕީސީއޭ) އަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.


އާރްވައިޕީސީއޭ އަކީ ޔޫތު އެމްޕަވަރމަންޓް އޮން ކްލައިމެޓް އެކްޝަން ޕްލެޓްފޯމް (ޔެކެޕް) ގެ އިސްނެގުމާއެކު ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ.


މިއީ ޒުވާން ލީޑަރުންގެ ހަކަތައާއި، އުފެއްދުންތެރިކަމާއި، ތަފާތުކަމާއި، ޝައުގުވެރިކަމުގެ ބޭނުންހިފައި ގައުމީ އަދި ސަރަހައްދީ ފެންވަރުގައި މޫސުމީ ސިޔާސަތުތަކަށް ނުފޫޒު ފޯރުވުމެވެ.


މި ޕްރޮގްރާމަކީ ހަރުދަނާ ލޮބިން ޓެކްނޮލޮޖީތަކާއި މޫސުމާ ބެހޭ ސިޔާސަތުގެ އުއްމީދީ ސްޓްރެޓެޖީތައް ތަންފީޒުކުރުމާ ބެހޭ ގޮތުން ޕީއާ-ޓު-ޕީއާ އެކްސްޗޭންޖްތައް ކުރިއެރުވުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.


ކުރިމަތިލާ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށްވުމާއި އިނގިރޭސި ބަހަށް އަހުލުވެރިވުން ހިމެނެއެވެ. އަދި މިހާރު އެބޭފުޅެއްގެ ގައުމުގެ ގާނޫނު ހަދާ މަޖިލީހާއި، ސްޓޭޓް އެސެމްބްލީގެ މެމްބަރެއްގެ ގޮތުގައި، ނުވަތަ ސަރުކާރުގެ އިދާރާ؛ މޫސުމާ ބެހޭ މަޝްވަރާކުރާ ފަރާތްތަކުގެ ގޮތުގައި ހަރަކާތްތެރިވުން އަދި ގައުމީ ނުވަތަ ސަބްނޭޝަނަލް ޒުވާނުންގެ މަޖިލިސްތަކާއި، ޒުވާނުންގެ ކައުންސިލްތަކުގައި ބައިވެރިވުން ނުވަތަ އެމީހެއްގެ ޤައުމުގެ ކޮންމެވެސް ފެންވަރެއްގައި ސަރުކާރުގެ އިދާރާތަކާއެކު ކޮންސަލްޓޭޓިވް ނުވަތަ އެޑްވައިޒަރީ ޕެނަލްތަކުގައި ބައިވެރިވުން ހިމެނެއެވެ.


މީގެއިތުރުން މޫސުމާ ގުޅޭ ގާނޫނާއި ސިޔާސަތުގެ ލިޔުންތައް ސަރުކާރުގެ އިދާރާތަކުގެ ތެރޭގައި އެކުލަވާލުމުގައި ލަފާދިނުމާއި، އެފަދަ މަސައްކަތްތަކުގައި ބައިވެރިވެއުޅުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.


އަންހެނުންނާއި، ޒުވާނުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ރެފިއުޖީންގެ ގޮތުގައި ދިރިއުޅޭ ފަރާތްތަކާއި، ގެދޮރު ގެއްލިފައިވާ ފަރާތްތަކާއި ނުވަތަ ބިދޭސީ މުޖުތަމައުތަކުގެ ފަރާތްތަކާއި، ރަށްފުށުގެ (އަރބަން ނޫން) ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކާއި، މައިނޯރިޓީ ކޮމިއުނިޓީތަކަށް ނިސްބަތްވާ ޒުވާނުންނަށް ސަމާލުކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ.


އާރްވައިޕީސީއޭގެ އަމާޒަކީ ސަރުކާރުގެ އެކި ދާއިރާތަކާއި ގާނޫނީ ދާއިރާތަކުގެ މެންބަރުން ހިމެނުމެވެ.


އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހާއި، ދައުލަތުގެ މަޖިލީސްތަކާއި، ގައުމީ އަދި ސަބްނޭޝަނަލް ޔޫތު ޕާލަމެންޓްތަކާއި، ޔޫތު ކައުންސިލްތަކާއި، މޫސުމާ ބެހޭ މަޝްވަރާކުރާ ފަރާތްތަކާއި، ސަރުކާރުގެ މުއައްސަސާތަކާ ގުޅިފައިވާ ކޮންސަލްޓޭޓިވް ނުވަތަ އެޑްވައިޒަރީ ޕެނަލްތައް ހިމެނެއެވެ.


މޫސުމާ ގުޅޭ ގާނޫނާއި ސިޔާސަތުގެ ލިޔެކިޔުންތަކަށް ސީދާ ނުފޫޒު ފޯރުވައި، އެ ގައުމެއްގެ ނުވަތަ ސަރަހައްދެއްގެ ސިޔާސަތުގެ ލިޔުންތަކަށް ނުފޫޒު ފޯރުވުމުގެ ސާބިތު ޓްރެކް ރެކޯޑެއް މެންބަރުން ދައްކަން ޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު